ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ 7 ވަނަ މާއްދާއާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 11.22 ވަނަ މާއްދާއާއި ހަވާލާދެއްވާ އެކުލަވާލެއްވި، ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތް ދައުލަތުގެ މުދާ، ނީލަން ކިޔުމާއި ނައްތައިލުމުގައި ޢަމަލު ކުރާނެ އުޞޫލުގެ ދަށުން، މިސަރވިސްގައި ހުރި ބައެއް ތަކެތި ނީލަން ކިޔަން ނުވަތަ ނައްތާލުމަށް ހަމަޖެހިފައިވާތީ، އެ ތަކެތި ދައުލަތުގެ އެއްވެސް އޮފީހަކުން ބޭނުންވޭތޯ ބެލުމަށް ބޭނުންވެއެވެ.
ވީމާ، މި އިއުލާނާއި އެކު އެޓޭޗްކުރެވިފައިވާ "ދައުލަތުގެ އޮފީހަކުން މުދާ ބޭނުންވޭތޯ ޗެކްކުރާ ފޯމް"ގައިވާ ތަކެތި ބޭނުންފުޅުވާ ދައުލަތުގެ އޮފީސްތަކުން، 2019 އެޕްރީލް 09 ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިސަރވިސްއަށް ލިޔުމަކުން ([email protected]) އަންގަވައިދެއްވުން އެދެމެވެ.