ދިވެހިރާއްޖެ
1440 ވަނަ އަހަރުގެ ފިތުރު ޒަކާތާއި މުދަލު ޒަކާތް ބެހުމަށްޓަކައި ފަޤީރުންގެ ދަފްތަރު އަލުން އެކުލަވާލުމަށް ބޭނުންވާތީ، ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ މިދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް، ފޯމް ދޫކުރުމާއި ބަލައިގަތުން، 03 އެޕްރީލް 2019 ދުވަހުން ފެށިގެން ރަސްމީބަންދުނޫން ކޮންމެދުވަހެއްގެ ހެދުނު 08:00 އިންފެށިގެން 25 އެޕްރީލް 2019 ވާ ބުރާސްފަތިދުވަހުގެ 13:00 ށް މިއިދާރާގައި އޮންނާނެއެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ފޯމެއް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
v ނޯޓް:
މިކަމަށް އެދޭ ފޯމްގައި ބޭންކްގެ ފަރާތުން ފުރިހަމަކުރަންޖެހޭ ބައެއް އޮތުމާއި، ފޯމް ހުށަހަޅާ ފަރާތުގެ (6 މަސްދުވަހުގެ) ބޭންކް ސްޓޭޓްމަންޓް ހުށަހަޅަން ޖެހުމަކީ ވަގުތު ބޭނުންވާނެ ކަންކަމެވެ. ވީމާ ކުރިއަށް ދުރާލާ ވަގުތުއޮއްވައި މިކަމާއި އުޅުމަށް ދަންނަވަމެވެ.