މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ހެނބަދޫ މަސްޖިދުލް ނޫރުގެ އެއަރކޮންޑިޝަން ސަރވިސް ކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

 

 

 

                                                ނަންބަރު:  IUL)285-C/285/2019/16)

އިޢުލާން

 ނ.ހެނބަދޫ މަސްޖިދުލް ނޫރުގެ އެއަރކޮންޑިޝަން ސަރވިސް ކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

           މި އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ނ.ހެނބަދޫގެ މަސްޖިދުލް ނޫރުގައި ހަރުކުރެވިފައިވާ އެއަރކޯން ސަރވިސްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިކައުންސިލަށް ދުރުވެ 2 އޭޕްރިލް 2019 ން 10 އޭޕްރިލް 2019 ވަނަ ދުވަހާ ދެމެދު މަޢުލޫމާތު ސާފުކުރުމަށްފަހު 16 އޭޕްރީލް 2019 ވަނަ ދުވަހުގެ 13:00 ގައި މި އިދާރާއަށް އަގު ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމަށް ކަނޑައެޅިފައިވާ ގަޑިއަކީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 ން 13:30 އަށެވެ.

            މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ބޭފުޅަކު ފޮނުއްވާނަމަ އެއީ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެނގޭފަދަ ލިޔުމަކާއިއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. އަދި ދަންނަވަމެވެ. މިޢިއުލާނަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރ: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

               މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25 ރަޖަބް 1440

1 އޭޕްރީލް 2019

 

                                                          އާދަމް ސަމީރު

                                                     ހެނބަދޫ ކައުންސިލްގެ ރައީސް

 

 

 

01 އޭޕްރިލް 2019
ހޯދާ