ދިވެހިރާއްޖެ
މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ
މަޤާމުގެ ނަންބަރު: J-229129
ބޭނުންވާ އަދަދު: 01
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: ޖީ.އެސް. 3
މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1
ވަޒީފާ އަދާކުރަން ޖެހޭ ތަން: ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް އިދާރާ
މުސާރަ: 4,465.00
ސަރވިސް އެލެވަންސް: 1,500.00
އެހެނިހެން އެލަވަންސް:
- ސަޕޯޓިންގ ކޯރ އެލަވަންސްގެ ގޮތުގައި މަހަކު 700.00 ރުފިޔާ
- ސިވިލް ސަރވިސްގެ މުއައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
- ސިވިލް ސަރވިސްގެ މުއައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް
- ސިވިލް ސަރވިސް ޤަވާއިދުގައިވާގޮތުގެ މަތިން އެހެނިހެން އެލަވަންސްތައް
- ޒިންމާދާރުވެރިޔާއާއި، ޔުނިޓް އިންޗާރޖްގެ ލަފައިގެމަތިން މިސްކިތްތަކުގެ މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމާއި ހުކުރު ނަމާދާއި ޢީދު ނަމާދު ފަދަ ޖަމާޢަތުގައި ކުރެވޭ ނަމާދުތައް ކުރުމަށް އިމާމުން ހަމަޖެއްސުން.
- ބިދޭސީންގެ ދަފްތަރު ލިޔެބެލެހެއްޓުން.
- ކައުންސިލްގެ ޢާންމު ބައްދަލުވުންތަކާއި، ކުއްލި ބައްދަލުވުންތަކުގެ އިތުރުން ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުންތަކުގެ ޔައުމިއްޔާ އާއި އެޖެންޑާ ލިޔެ ބެލެހެއްޓުން.
- ކައުންސިލް އިދާރާއަށް ލިބޭ ސިޓީ ލިޔެކިޔުންތައް ގަވަރމަންޓް އީލެޓަރ މެނޭޖްމެންޓް ސިސްޓަމަށް އެންޓަރ ކުރުން.
- ކައުންސިލް އިދާރާއަށް ލިބޭ ސިޓީ ލިޔެކިޔުންތަކުގެ ޖަވާބު ސެކްޝަން ހެޑްގެ ލަފާގެ މަތިން ތައްޔާރުކޮށް ފޮނުވުން.
- ރަށުގައި ދީނީގޮތުންނާއި ޤައުމީ ގޮތުން ފާހަގަ ކުރަންޖެހޭ ދުވަސްތަކާއި މުނާސަބާތައް ފާހަގަ ކުރުމުގެ މަސައްކަތްތައް ކައުންސިލާއި ޒިންމާދާރުވެރިޔާގެ މަޝްވަރާގެ މަތިން ހިންގައި ބެލެހެއްޓުން.
- ކައުންސިލުން ދޫކުރަންޖެހޭ ހުއްދަތައް ދޫކުރުމުގައި ކޯޕަރޭޓް އެފެއަރޒް ސެކްޝަނުން ދޫކުރުމަށް ކަނޑައެޅޭ ހުއްދަތައް ދޫކުރުމުގެ މަސައްކަތްކުރުން.
- ކައުންސިލް އިދާރާގެ ދުވަހު ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
- މުވައްޒަފުންގެ ވަޒީފާ ބަޔާން ތައްޔާރު ކުރުމާއި، ވަޒީފާތަކަށް މީހުން ނެގުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
- މުވައްޒަފުންގެ ޙަޒިރީ ބެލެހެއްޓުން.
- ކައުންސިލުގެ މައްޗަށް އެކިފަރާތްތަކުން ކޯޓުތަކުގައި ކުރާއ ދަޢުވާއާއި، އެކި ފަރާތްތަކުގެ މައްޗަށް ކައުންސިލުން ކޯޓުތަކުގައި ކުރާ ދަޢުވާތަކާއި ގުޅިގެން ހަމަޖައްސަންޖެހޭ އިދާރީ ކަންތައްތައް ހަމަޖެއްސުމާއި، އޭގެ ރެކޯޑު ބެލެހެއްޓުން.
- ޙުކުމް ތަންފީޒު ކުރުމައްޓަކައި އަރުވާލާ މީހުންނާއި ގޭގައި ބަންދުކުރާ މީހުންގެ ކަންތައްތައް ހަމަޖެއްސުމާއި އެފަދަ މީހުންގެ ރެކޯޑް ބެލެހެއްޓުން.
މަޤާމުގެ ޝަރުޠުތައް:
ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަ ކޮށްފައިވާސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު(މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އަދި ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް އިދާރާގެ ވެބްސައިޓުންނާއި، ކައުންޓަރުން ލިބެން ހުންނާނެއެވެ)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ދިވެހިރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރިފަރެސް ޗެކް ފޯމް.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
ތަޢުލީމާއި ތަމްރީން
(ހ) ލިބިފައިވާ ތަޢުލީމް ( ކަނޑައެޅިފައިވާ އިންސައްތަ:35)
(ށ) މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން: ( ކަނޑައެޅިފައިވާ އިންސައްތަ:5)
އިމްތިޙާން
(ހ) ސިވިލް ސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން: ( ކަނޑައެޅިފައިވާ އިންސައްތަ:5)
މަސައްކަތު ތަޖުރިބާ
(ހ) މަޤާމްގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ:( ކަނޑައެޅިފައިވާ އިންސައްތަ:10)
ލިބިފައިވާ ހުނަރު
(ހ) އިންޓަވިއު / ޕްރެކްޓިކަލްސް : ( ކަނޑައެޅިފައިވާ އިންސައްތަ:45)
މަޤާމަށް އައްޔަން ކުރެވޭނީ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ އިންސައްތަ މަދުވެގެން 45 އިންސައްތަ އަށް ވުރެ މަތިނަމައެވެ.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 އެޕްރީލް 11 ވަނަ ދުވަހުގެ 14:00ގެ ކުރިން ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 6820019 މެދުވެރިކޮށްވެސް ހުށައެޅޭނެއެވެ.
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 އެޕްރީލް 14 އާއި 2019 އެޕްރީލް 30 އާއި ދެމެދުގެ ތާރީޚެއްގައި ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް އިދާރާގައެވެ.
ޝޯޓް ލިސްޓްކުރުން:
މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުތުހަމަވާ، ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި، މަސައްކަތު ތަޖުރިބާ އަދި މަސައްކަތުގެ ހުނަރާއި، ވަޒީފާ އަދާކުރުމުގެ ގާބިލުކަމަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް: ފޯން: 6820019 | ފެކްސް ނަމްބަރ: 6820019 | އީމެއިލް: [email protected]
24 ރަޖަބު 1440
31 މާރިޗު 2019