ދިވެހިރާއްޖެ
ހއ.ކެލާ މެޖިސްޓްރޭޓްކޯޓް
ހއ.ކެލާ،
ދިވެހިރާއްޖެ.
ނަންބަރު: A8C-A/2019/02
އިޢުލާން
ހއ.ކެލާމެޖިސްޓްރޭޓް ކޯޓުގެ ކޯޓް ރޫމަށް ބޭނުންވާ ފަރުނީޗަރ ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް
މިކޯޓުގެ ކޯޓް ރޫމަށް ބޭނުންވާ ފަރުނީޗަރ ކޯޓުން ދައްކާ ނަމޫނާ އާއި އެއްގޮތަށް ޖަހައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިކޯޓުގެ ނަންބަރު A8C-A/2019/01 އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.
ވީމާ މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިކަންހުރި ޤާބިލު ފަރާތްތަކުން 08 އޭޕްރީލް 2019 ވަނަ ދުވަހުގެ 11:00 އަށް މިކޯޓަށް ނުވަތަ ހއ.ދިއްދޫ މެޖިސްޓްރޭޓްކޯޓު، ހއ.އިހަވަންދޫ މެޖިސްޓްރޭޓްކޯޓް، ހއ.ވަށަފަރު މެޖިސްޓްރޭޓްކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އަދި، މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 15 އޭޕްރީލް 2019
އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 11:00
އަންދާސީ ހިސާބު މިމަސައްކަތުގެ މައުލޫމާތު ހޯދުމަށް ވަޑައިގެންނެވި ކޯޓަށް ހުށަހެޅޭނެއެވެ.