މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
މަދަނީ ޖަމްޢިއްޔާތަކުގެ ބިލް ކޮމެންޓަށް ހުޅުވާލުން.

                                              އިޢުލާން

 

މަދަނީ ޖަމްޢިއްޔާތަކުގެ ބިލް ކޮމެންޓަށް ހުޅުވާލުން

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހެޅިފައިވާ "ޖަމްޢިއްޔާތަކުގެ ޤާނޫނު" ގެ ބިލާއި ގުޅޭ ގޮތުން، އެ ބިލް ދިރާސާކުރުމުގެ މަސައްކަތްކުރައްވާ މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީއަށް މަޢުލޫމާތު ދިނުމަށް މި މިނިސްޓްރީއަށް ފުރުޞަތު ލިބިފައިވާތީ، ޖަމްޢިއްޔާތަކުގެ ބިލް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ޖަމްޢިއްޔާތަކާއި

ޢާންމުންގެ ޚިޔާލު ހޯދުމަށް މި މިނިސްޓީން ބޭނުންވެއެވެ.

ވީމާ، މި ބިލަށް ގެންނަން ފެނިވަޑައިގަންނަވާ އިސްލާޙުތައް 08 އޭޕްރީލް 2019 (ހޯމަ) ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީގެ [email protected] އަށް އީމެއިލް ފޮނުއްވަދެއްވުން އެދެމެވެ. މަޖިލީހަށް ހުށަހެޅިފައިވާ ޖަމްޢިއްޔާތަކުގެ ޤާނޫނުގެ ބިލް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

                                                                   21 ރަޖަބު 1440

28 މާރިޗު 2019
ހޯދާ