ދިވެހިރާއްޖެ
އިޢުލާން
ބަނދަރު އެއްގަމު ތޮށިގަނޑުގައި ބައެއް ކުދިކުދި މަރާމާތުކުރުމާއި ވާއައްސާ ބުޅިގަނޑު އިތުރުކޮށް ކައުންސިލުން ދޭ ނަމޫނާ އާއި އެއްގޮތަށް ބޯރޑު ޖަހައިދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ކުރެވުނު ނަންބަރު: (IUL)335-AS/335/2019/18 އިޢުލާން އާއި ގުޅިގެން އެއްވެސް ފަރާތަކުން އެސްޓިމޭޓް ހުށަހަޅާފައިނުވާތީ އެ އިޢުލާންތައް ބާޠިލްކޮށް އަލުން އެމަސައްކަތަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތްކޮށް ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 08 އޭޕްރީލް 2019 ވާ ހޯމަދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 އޭޕްރީލް 2019 ވާ ހޯމަ ދުވަހުގެ 12:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.