ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލް ޓީޗަރ ( ވަގުތީ )

 

 

 

 

 

                                                     ނަންބަރ: IUL)249-C/249/2019/17)

       

އިޢުލާން

 

ވަޒީފާގެ ފުރުޞަތު

 

 މަޤާމް

ޕްރީސްކޫލް ޓީޗަރ ( ވަގުތީ )

ބޭނުންވާ ޢަދަދު

01 ( އެކެއް )

މަޤާމް އޮތް އޮފީސް

ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ

މުއްދަތު

08 މަސްދުވަސް

މަޤާމުގެ ގިންތި

ވަގުތީ

ރޭންކު

ޖީ.އެސް. 1

ވަޒީފާ އަދާކުރަންޖެހޭ ތަން

ލިލީ ޕްރީސްކޫލް، ހއ. ކެލާ / ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ

މުސާރަ / އުޖޫރަ

މަހަކު 2000.00 ( ދެހާސް ) ރުފިޔާ

ސަރވިސް އެލަވަންސް

ނިކުންނަ ރަސްމީ ކޮންމެ ދުވަހަކަށް -/100 ރުފިޔާ

އެހެނިހެން އިނާޔަތްތައް

އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކައުންސިލުން ކަނޑައަޅާ އުޞޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. އަދި ރަމަޟާން މަހު ކަނޑައެޅިފައި އޮންނަ އުޞޫލުން ރަމަޟާން އެލަވަންސް ލިބޭނެއެވެ.

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު :

1

މުއައްޒަފު ކިޔަވައި ދެއްވައި ކުލާސްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ތަޢުލީމު ދިނުމާއި ކުދިންނަށް ދެމުންގެންދާ ތަޢުލީމްގެ ފެންވަރު ރަނގަޅު ކުރުމާއި ދެވޭ ތަޢުލީމަކީ އެކުއްޖެއްގެ ފެންވަރުގައި ދެވޭ ތަޢުލީމަކަށްވުން.

2

ދެވޭ ތަޢުލީމަކީ ރޭވިގެން ރަނގަޅަށް ތައްޔާރު ވެގެންދެވޭ ތަޢުލީމަކަށްވުން.

3

ކިޔަވައި ދިނުމަށް ތައްޔާރުވުމުގެ ގޮތުން ހަދަންޖެހޭ ސްކީމްތަށް ހެދުމާއި ކިޔަވައި ދިނުމަށް ރަނގަޅަށް ތައްޔާރުވުމާއި އަދި އެކަމަށް ބޭނުންވާ ތަކެތި ސްކޫލް އޮފީހަށް ހުށަހަޅައިގެން ހޯދުން.

 

4

ހަވާލުވެފައިވާ ކުލާސްތަކުގައި ކިޔަވާ ކުދިންގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރުމާއި ފެންވަރު ދަށްވިޔަ ނުދީ ހިފެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން، ކުދިންނަށް ކުލާހުގައި ދެވޭ މަސައްކަތާއި ގެޔަށް ހަވާލުކުރެވޭ މަސައްކަތްތައް ހަވާލުކުރުމުގައި ކުރިން ބަލައި ޗެކުކޮށް ރަނގަޅު ކުރަންޖެހޭ ކަމެއް ރަނގަޅު ކުރުން.

5

ދުވަހުން ދުވަހަށް ކުލާހުގައިދެވޭ މަސައްކަތް ރެކޯޑްކޮށް ބެލެހެއްޓުން.

6

ސްކޫލްގައި މަސައްކަތް ކުރައްވާ މުވައްޒަފުންނާ ގުޅިގެން މަސައްކަތް އެކުވެރިކަމާއިއެކު ގުޅިގެން ކުރުން.

7

ކުޑަކުދިންނާއި އެކު އުޅެވޭފަދަ މިޒާޖެއްގެ މީހަކަށްވުމުގެ އިތުރުން ތެދުވެރިކަމާއިއެކު އަމާނާތްތެރިކަމާއިއެކު ކެއްތެތެރިކަމާއި އުފެއްދުންތެރި ޚިޔާލު ތަނަވަސް އައި ވިސްނައިގެން ކަންކުރާ ރޭވުންތެރި މީހަކަށްވުން.

8

ސްކޫލުން އިސްނަގައިގެން ހިންގާ އިތުރު ހަރަކާތް ނުވަތަ މުބާރާތް ފަދަ ކަންކަމުގައި އެހީތެރިވުން ސްކޫލް ހިންގުމާއި ހަވާލުވެފައިވާ ފަރާތުން އަންގަވާ ރަސްމީ ކޮންމެ މަސައްކަތެއް ކުރުން.

9

ސްކޫލް ހިންގުމުގައި ކުރަންޖެހޭ މަސައްކަތްތައް ( ސްކޫލް ހިންގަވާ ފަރާތްތަކުން އަންގަވާ ގޮތެއްގެ މަތީން ) ކުރުން.

މަޤާމުގެ ޝަރުޠު:

01

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު،

*     އާރލީ ޗައިލްޑް ހުޑް ލެވެލް 04 ގެ ސެޓްފިކެޓް ލިބިފައިވުން ނުވަތަ

02

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު،

*     އާރލީ ޗައިލްޑް ހުޑް ލެވެލް 03 ގެ ސެޓްފިކެޓް ލިބިފައިވުން ނުވަތަ

03

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު،

*     އާރލީ ޗައިލްޑް ހުޑް ލެވެލް 02 ގެ ސެޓްފިކެޓް ލިބިފައިވުން ނުވަތަ

04

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު،

*     އާރލީ ޗައިލްޑް ހުޑް ލެވެލް 01 ގެ ސެޓްފިކެޓް ލިބިފައިވުން ނުވަތަ

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ދާއިރާ

ބެލޭނެ ބައިތައް

ދެވޭނެ އެންމެ މަތީ މާކްސް

އިންސައްތަ (%)

ތަޢުލީމާއި ތަމްރީން

ލިބިފައިވާ އިތުރު ތަޢުލީމު

60

25.5

ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

12.5

މަސައްކަތު ތަޖުރިބާ

ވަޒީފާއާ ގުޅޭ ތަޖުރިބާ

35

15

އެހެނިހެން ތަޖުރިބާ

10

4

ލިބިފައިވާ ހުނަރު

އިންޓަރވިއު

100

43

ޖުމްލަ

235

100

 

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމުތަކަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 8 އޭޕްރީލް 2019 އާއި      10 އެޕްރީލް 2019 އާ ދެމެދު، ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

01-  ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.)

02-  ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

03-   މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

04-  ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

05-  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ މެއިލް އެޑްރެސް ހިމެނޭގޮތަށް)

މަގާމަށް އެދެންވީ ގޮތާއި ސުންގަނޑި:

މި މަޤާމުތަކަށް ކުރިމަތި ލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން " ވަޒީފާއަށް އެދޭ ފޯމު " ފުރިހަމަ ކުރެއްވުމަށްފަހު 07 އޭޕްރިލް 2019 ވާ އާދިއްތަ ދުވަހުގެ މެންދުރު 14.00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއި އެފޯމާއިއެކު ހުށަހަޅަންޖެހޭ އެންމެހާ ލިޔުންތައް ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑި ހަމަވުމުން މިކަމާގުޅޭ އެއްވެސް ލިޔުމެއް ބަލައި ގަތުމަށް ހަމަޖެހިފައެއް ނުވެއެވެ.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

މި ވަޒީފާއަށްއެދޭ ފޯމު ކެލާ ކައުންސިލްގެ އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.

މި އިޢުލާން އާއި ގުޅިގެން މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500027 ނުވަތަ 9650027 ނަންބަރ  ފޯނާއެވެ. އީމެއިލް ކުރައްވާނީ  [email protected]  އަށެވެ.

 

         

                                    21  ރަޖަބް  1440

28 މާރޗް 2019

28 މާރިޗު 2019
ހޯދާ