މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ޕްރޮކިއުމެންޓް އޮފް ނެޝަނަލް ކޮންސަލްޓަންސީ ސަރވިސަސް ޓު ސަޕޯޓް ކަލެކްޝަން އޮފް މެރިން ކަރަންޓް ޑޭޓާ

އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

ޕްރޮކިއުމެންޓް އޮފް ނެޝަނަލް ކޮންސަލްޓަންސީ ސަރވިސަސް ޓު ސަޕޯޓް ކަލެކްޝަން އޮފް މެރިން ކަރަންޓް ޑޭޓާ

މިނިސްޓްރީ އޮފް އެންވަޔަރަމަންޓާއި އިޓަލީސަރުކާރުގެ އެހީގައި ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ 'އޯޝަން އެނަރޖީ އެސެސްމެންޓް' މަޝްރޫއަށް މެރިން ކަރަންޓް ޑޭޓާ ނެގުމަށް ނެޝަނަލް ކޮންސަލްޓަންސީ ސަރވިސަސް ދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. 

މި މިސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

ވީމާ މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިމިވާ މަޢުލޫމާތު ހިމެނޭގޮތަށް، ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީން ހުޅުވައިލަމެވެ.

  • ޓީމް ލީޑަރު އަދި އެހެނިހެން މެންބަރުންގެ ސީ.ވީ  (ޓާރމްސް އޮފް ރިފަރެންސާއި އެއްގޮތަށް)
  • ހުށަހަޅާ މެތޮޑޮލޮޖީ
  • މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މަޢުލޫމާތު ( ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް ، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި އެހެނިހެން މަޢުލޫމާތު – ރިފެރެންސް ލެޓަރ އާއި އެކު)
  • ޓީމް މެމްބަރުންގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައި)
  • ޓާރމްސް އޮފް ރިފަރެންސް ގައި ވާ ގޮތުގެ މަތިން ޑެލިވެރަބްލްސް ހާޞިލް ކުރުމަށް ދާނެ ޚަރަދު ތަކުގެ ތަފްޞީލް (ކޮސްޓް ބްރޭކް ޑައުން އާއި އެކު)
  • ކުންފުނީގެ ޕްރޮފައިލް (ކޮމްޕްލީޝަން ސެޓްފިކެޓްތަކާއި އެކު) 

ބީލަން ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 4 އެޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

ޕްރޮކިއުމެންޓް އޮފް ނެޝަނަލް ކޮންސަލްޓަންސީ ސަރވިސަސް ޓު ސަޕޯޓް ކަލެކްޝަން އޮފް މެރިން ކަރަންޓް ޑޭޓާ

އިޢުލާނު ނަންބަރު: IUL)438-CCD/438/2019/60)

 ނޯޓް:

މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއަށް ލިބިގެންވެއެވެ.

28 މާރިޗު 2019
ހޯދާ