ނެއްލައިދޫ ސްކޫލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

c

  

ނެއްލައިދޫ ސްކޫލް

ހދ. ނެއްލައިދޫ، ދިވެހިރާއްޖެ

GS93/I/2019/16: ނަންބަރ

 

އިޢުލާނު

ވޭޖް އެމްޕްލޯއިމަންޓް އުޞޫލުން މުވައްޒަފެއް ހޯދުން

މަޤާމު: ޕްރިންޓަރ

މަޤާމުގެ ނަންބަރު : -

ބޭނުންވާ އަދަދު : ( 1 ) އެކެއް

މަޤާމުގެ ގިންތި : ވަގުތީ ( 04 މަސް 05 ދުވަސް )

މަޤާމުގެ ރޭންކް : އެސް.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން : ސަޕޯޓް ސްޓާފް ގްރޭޑް 3

ވަޒީފާ އަދާކުރަންޖެހޭ ތަން : ނެއްލައިދޫ ސްކޫލް ހދ.ނެއްލައިދޫ

މުސާރާ : މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް 129.16 ރފ ( ސަތޭކަ ނަވާވީސް ރުފިޔާ ސޯޅަ ލާރި )

ސަރވިސް އެލަވަންސް : މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް  33.33 ރފ ( ތިރީސް ތިންރުފިޔާ ތިރީސް ތިންލާރި )

އެހެނިހެން އެލަވަންސް :

ސަޕޯޓިން ކޯ އެލަވަންސް 1 : މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް  40.00 ރފ ( ސާޅީސް ރުފިޔާ )

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފާއިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް :

01. ދުވަހުން ދުވަހަށް ފޮޓޯކޮޕީއާއި ޕްރިންޓް ނެގުމަށް ހަވާލުކުރެވޭ ތަކެތި ޕްރިންޓްނެގުމާއި ޕްރިންޓް ނެގުމަށް ހަވާލުކުރެވޭތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން (ޓެސްޓާއި ގުޅުން ހުރިލިޔުމެއްނަމަ އެފެންނަށްޖެހޭ ފަރާތްނޫން އެހެންފަރާތްތަކަށް ނުފެންނާނޭހެންބެހެއްޓުން)

02. އިދާރީ އެހެންމުވައްޒަފުން ހާޟިރުނުވާ ހާލަތްތަކާއި އަދި އެހެން ހާލަތްތަކުގައި އިދާރީގޮތުން ހަވާލުކުރެވޭ މަސައްކަތްކުރެއްވުން.

03. ކޮންމެދުވަހެއްގެ ޕްރޮގުރާމް ތައްޔާރުކޮށް ނޯޓިސްބޯޑްތަކަށްނެރުން .

04. ޕްރިންޓްކުރުމަށް ބޭނުންކުރާ މެޝިނަރީޒްތައް ބެލެހެއްޓުން.

05. ރަސްމީ މަސައްކަތްތައް ކޮށްފައި ވަގުތު އޮތް ވަރަކުން އެހެނިހެން މަސައްކަތްކުރުން.

06. އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާއްމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއިއެކު ބަރާބަރަށް ޢަމަލުކުރުން.

07. ސްކޫލުގެ ރަސްމީ ދަތުރުތަކުގައި ރަށުންބޭރަށް ދިޔުން.

08. ސްކޫލަށް ގެންނަންޖެހޭ މުދާ ، ޓެކުސްޓްފޮތާއި ގޮނޑި، ޑެސްކު،މޭޒު ފަދަ ތަކެތި ގެނައުމަށް ރަށުންބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރުން.

09. ކިޔެވުމާއި ގުޅޭގޮތުން ދަރިވަރުންނާއި ޓީޗަރުން އިންތިޒާމްކުރާ ތަޖުރިބާ ދަތުރުތަކުގައި ސްކޫލުން ހަމަޖައްސާ ކޯޑިނޭޓަރެއްގޮގޮތުން އެދަތުރުތަކުގައި ބައިވެރިވުން.

މަޤާމުގެ ޝަރުތުތައް :

  • ·         މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް ހާސިލްކޮށްފައިވުމާއެކު، އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  • ·         ގްރޭޑް 7 ނިންމާފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް :

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ( މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުންނާއި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. )
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ  ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް  ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  1. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމާ، އެ ސެޓުފިކެޓުގެ ކޮޕީ.
  2. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ ، އަދި ވަޒީފާގެ މުއްދަތާއި ، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް  ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި ، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާތަނުގެ މުވައްޒަފުންގެ އަދަދު  ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއްހޮވުމަށް ބެލޭނެކަންތައްތައް.

 * ތަޢުލީމާއި ތަމްރީން

 * މަސައްކަތުގެ ތަޖުރިބާ

 * ލިބިފައިވާ ހުނަރު

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 އެޕްރީލު 08 ވާ ހޯމަ ދުވަހުގެ 14.00 ގެ ކުރިން ނެއްލައިދޫ ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން  ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު :

މިމަޤާމްތަކަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2019 އެޕްރީލު 08 އާއި 2019 އެޕްރީލު 10 އާ ދެމެދުގެ ތާރީޚެއްގައި ނެއްލައިދޫ ސްކޫލްގައެވެ. ވީމާ މިމަޤާމްތަކަށް ކުރިމަތިލައްވާ ފަރާތްތަކުން މިތާރީޚްތަކުގައި އިންޓަވިޔުއަށް ހާޒިރުވުމަށް ތައްޔާރުވެ ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

                        މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފްކުރުމަށް ގުޅާނީ 6520534 އަށެެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

21 ރަޖަބު 1440

28 މާރިޗު 2019

28 މާރިޗު 2019
ހޯދާ