އިޢުލާން
|
މަޤާމް:
|
ސްޓެޓިސްޓިކަލް އޮފިސަރ
|
މަޤާމުގެ ނަންބަރު:
|
J-293647
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މަޤާމުގެ ރޭންކް:
|
އެމް.އެސް 2
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
ސެކްޝަން:
|
ސްޓެޓިސްޓިކަލް ސަރވޭސް އެންޑް ޑޭޓާ ޕްރޮސެސިންގ ޑިވިޜަން، ސްޓެޓިސްޓިކަލް ސަރވޭސް އެންޑް އެނަލިސިސް ސެކްޝަން
|
މަޤާމް އޮތް އޮފީސް:
|
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް /މާލެ
|
މުސާރަ:
|
މަހަކު -/6295 ރުފިޔާ
|
ސަރވިސް އެލެވަންސް:
|
މަހަކު -/2000 ރުފިޔާ
|
އިތުރު ޢިނާޔަތްތައް:
|
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
- މީގެ އިތުރުން އަސާސީ މުސާރައިގެ %35 ފައިނޭންސް އެލަވަންސްގެ ގޮތުގައި ލިބޭނެ.
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ސްޓެޓިސްޓިކަލް ސަރވޭ އެންޑް ޑޭޓާ ޕްރޮސެސިންގ ސެކްޝަން ހިންގެވުމާ ހަވަލުވެހުންނަވާ އިސްވެރިއެއްގެ ލަފާފުޅާއެކު ސެކްޝަނުގެ މަސައްކަތްތަކާއި ޑިވިޝަނުން ރާވާ ހިންގޭ ސަރވޭތަށް ކުރިއަށް ގެންދިއުމާއި އެމަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުން. މިގޮތުން:
- ސަރވޭތަކުގެ ސުވާލުކަރުދާސްތައް ތައްޔާރުކޮށް ޕްރީޓެެސްޓްކުރުމާއި ފައިނަލްކުރުން.
- ސަރވޭތަކުގެ ސާމްޕްލިންގްގެ މަސައްކަތް ކުރުން.
- ސަރވޭތަކުގެ ބަޖެޓްް އެކުލަވާލާ ޚަރަދުތައް މޮނިޓަރކުރުމާއި، އެނިއުމަރޭޓަރުން ހޯދުމާއި، ލޮޖިސްޓިކްސް އަދި މުޅި އޮޕަރޭޝަން ރާވާ މެނޭޖްްްކުރުމުގައި އިސް ދައުރެއް އަދާކުރުން.
- ސަރވޭތަކުގެ ޕަބްލިސިޓީ މެޓީީރިއަލް ތައްޔާރުކުރުމާއި ޕަބްލިސިޓީ ހަރަކާތްތައް ރާވާ ހިންގުން.
- ސަރވޭތަކުގެ ޓްރެއިނިންގ މެނުއަލް، ޕްރެސެންޓޭޝަން ފަދަ ޓްރޭނިންގ މެެޓީރިއަލް ތައްޔާރުކުރުުން އަދި ތަމްރީން ދިނުން.
- ސަރވޭތަކުގެ ކޯޑިންގ މެނުއަލްތައް ތައްޔާރުކުރުމާއި އަޕްޑޭޓްކުރުން.
- ސަރވޭތަކުގެ ޑޭޓާކަލެކްޝަން އާއި ސުޕަރވިޝަންގެ މަސައްކަތްކުރުނ އަދި މިމަސައްކަތް މޮނިޓަރކޮށް މެނޭޖްްކުރުންް.
- ސަރވޭތަކުގެ މައުލޫމާތު ކޯޑް ކުރުން އަދި މިމަސައްކަތް މޮނިޓަރކޮށް ސުޕަވައިޒްކުރުންް.
- ސަރވޭތަކުގެ ޑޭޓާ އެޑިޓިންގގެ މަސައްކަތް ކުރުން.
- ސަރވޭތަކުގެ ޓެކނިކަަލް އަދި އެނަލިޓިކްލް ރިޕޯޓްތައް އެކުލަވާލުމުގައި ބައިވެރިވެ މިމަސައްކަތް ވިލަރެސްްްކުރުން.
- ސަރވޭގެ ނަތީިޖާތައް ޢާންމުކުރުމުގައި ބައިވެރިވެ މިމަސައްކަތް ވިލަރެސްކުރުން.
- އިނަޓރނޭޝަނަލް ކްލެސިފިކޭޝަންތައް ރާއްޖެއާއި ގުޅޭގޮތަށް ބައްޓަންކޮން ކަނޑައެޅޭ ނެޝަނަލް ކޯޑިންގ ސިސްޓަމްތައް އެކުލަވާލުމުގެ މަސައްކަތް ވިލަރެސްކުރުންް.
- ތަފާސްހިސާބު ގަވާއިދުގެ ދަށުން ހުއްދައަށް އެދޭ ސަރވޭތައް ޕްރޮސެސްކޮށް މިސަރވޭތަކުގެ ރަޖިސްޓްރީއެއް ޤާއިމްކޮށް ބެލެހެއްޓުން.
- ތަފާސްހިސާބު ގަވާއިދުގެ ދަށުން ހުއްދަ ނަގައިގެން ކުރާ ސަރވޭތަކުގެ ރިޕޯޓްތައް ދިރާސާކޮށް ކޮމެންޓްކުރުން، އަދި ޑޭޓާޔޫސަރުންނަށް ފަސޭހައިން އެކްސަސްވެވޭގޮތަށް ޢާންމުކުރުން
- ސަރުކާރުގެ އެހެން އޮފީސްތަކުން ކުރާ ސަރވޭތަކުގައި އެފަރާތުން ބޭނުނވާއެހީތެރިކަން ފޯރުވައިދިނުން.
- ސަރވޭގެ ޑޭޓާ ކަލެކްޝަން އަދި ޕްރޮސެސިންގ އާއި ޑިސެމިނޭޝަން ޒަމާނާއި އެއްގޮތަށް މޮޑަނައިޒްކޮށް ތަރައްޤީކުރުމަށް ސެކްޝަން ހެޑްއާއި ގުޅިގެން މަސައްކަތްްކުރުން.
- ސަރވޭއާއި ސާމްޕްލިންގ ގެ ދާއިރާގެ ޔޫ.އެން ރިކޮމެންޑޭޝަންތަކާއި މެނުއަލްތަކުގައިވާ މަޢުލޫމާތު ދެނެގަނެ،މިދާއިރާގެ ޓެކްނިކަލް ނޮލެޖް މުއްސަނދިކޮށް މަސައްކަތުގެ ފެންވަރު މަތިކުރުން.
- ޔުނިޓްގެ މަސައްކަތް ޑޮކިއުމަންޓް ކުރުމާއި، ތަރައްޤީކުރުމަށް މަސައްކަތްކުރުން.
- ޔުނިޓުގެ މަސައްކަތާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ބެލެހެއްޓުން.
- ރާއްޖޭގެ ބޯހިމެނުމުގެ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުން.
- ވަޒީފާއާ ގުޅިގެން އޮފީހުން ކުރަންޖެހިއްޖެ ކޮންމެ ކަމެއްގައި ހަރަކާތްތެރިވުން.
|
މަޤާމުގެ ޝަރުޠުތައް:
|
- ސްޓެޓިސްޓިކްސް ނުވަތަ އެޕްލައިޑް މެތަމެޓިކްސް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ސްޓެޓިސްޓިކްސް ނުވަތަ އެޕްލައިޑް މެތަމެޓިކްސް އިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ވަޒީފާގެ ދާއިރާގެ މަސައްކަތުގެ ހުނަރާއި މަޢުލޫމާތު ލިބިފައިވާ މިންވަރު
- މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު
- ޖިސްމާނީ، ނަފްސާނީ އަދި ފަންނީ ގާބިލްކަން ހުރި މިންވަރު
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:
)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
ވަޒީފާއަށް އެދޭ ފޯމު މި ބިއުރޯގެ ( ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ http://www.statisticsmaldives.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 08 އޭޕްރީލް 2019 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ބިއުރޯގެ ކައުންޓަރުން ( ވަގުފް ބިލްޑިންގް 9 ވަނަ ފަންގިފިލާ) އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ، 3327351 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
|
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިޙާން ކުރުން އޮންނާނީ، އިއުލާން މުއްދަތުހަމަވާތާ ދެ ހަފްތާތެރޭގައު ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ
|
- މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން %45 (ފަންސާސްފަހެއް) އިންސަތަ އަށްވުރެން މަތިވާން ޖެހޭނެއެވެ.
|
އިތުރު މަޢުލޫމާތު ހޯދުން:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3008407 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3327351 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
|
21 ރަޖަބު 1440 ހ
28 މާރޗް 2019 މ
|