ދިވެހިރާއްޖެ
`
ނެއްލައިދޫ ސްކޫލް
ހދ.ނެއްލައިދޫ ،ދިވެހިރާއްޖެ. ނަންބަރު : GS93/I/2019/14
އިޢުލާން.
އަންދާސީ ހިސާބު ބޭނުންވެއްޖެ.
މިސްކޫލުގެ ނަންބަރު GS93/I/2019/13 ( 21 މާރިޗު 2019 ) އިޢުލާނަށް އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީ ދެވަނަ ފުރުސަތެއް ހުޅުވާލަމެވެ. މިސްކޫލުގެ ތިރީގައި މިދަންނަވާ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- ސްޓާފް ރޫމް މަރާމާތުކުރުން
މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2019 އެޕްރީލު 02 ވާ އަންގާރަދުވަހުގެ ހެނދުނު 10.00 ގައި މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 2019 އެޕްރީލު 08 ވާ ހޯމަދުވަހު ހެނދުނު 10.00 އަށް މިސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފްކުރުން އޮންނަދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފްކުރާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް މިސްކޫލުގެ ނަންބަރު 6520534 ފޯނާއި ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
28 މާރިޗު 2019
21 ރަޖަބު 1440