އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
2019 އެޕްރީލް 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް، އަތޮޅު / ސިޓީ ކޮމްޕްލައިންޓްސް ބިޔުރޯތަށް މެދުވެރިކޮށް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހުން

ނަންބަރު: A)DA-2019/156) 

އިޢުލާނު

2019 އެޕްރީލް 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް، އަތޮޅު / ސިޓީ ކޮމްޕްލައިންޓްސް ބިޔުރޯތަށް މެދުވެރިކޮށް ބަލައިގަތުމުގެ އިންތިޒާމް މިއަދުން ފެށިގެން ވަނީ ހަމަޖެހިފައެވެ.

އަތޮޅު / ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯތަކަށް ހުށަހަޅުއްވާ ޝަކުވާތައް ބަލައިގަންނާނީ 2019 އޭޕްރީލް 10 ވާ ބުދަ ދުވަހުގެ މެންދުރުފަހު 02:00 އާ ހަމައަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރުފަހު 02:00 އަށެވެ. ހުކުރު ދުވަހު ޝަކުވާ ބަލައިގަންނާނީ މެންދުރުފަހު 02:30 ން ހަވީރު 05:30 އަށެވެ. އަދި ވޯޓުނެގުމަށް ހަމަޖެހިފައިވާ 2019 އޭޕްރީލް 6 ވާ ހޮނިހިރު ދުވަހު ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެދުވަހު ވޯޓު ނަގަން ފެށުނީއްސުރެން ވޯޓު ފޮށިތަކުގެ ވަގުތީ ނަތީޖާ އިޢުލާން ކުރުމާ ހަމައަށެވެ.

ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނީ އަތޮޅު / ސިޓީ ކޮމްޕްލެއިންޓްސް ބިޔުރޯތަކުންނާއި، ކައުންސިލްގެ އިދާރާއިންނާއި އިލެކްޝަންސް ކޮމިޝަންގެ ރިސެޕްޝަނުންނެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓު www.elections.gov.mv އިން ޝަކުވާ ފޯމު ޑައުންލޯޑު ކުރެވޭނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

20 ރަޖަބު 1440

 

27 މާރިޗު 2019
ހޯދާ