ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
1. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން ތިރީގައި ދެންނެވިފައިވާ މަސައްކަތްތަކަށް ކޮންސަލްޓަންޓުން ހޯދުމަށް ބޭނުންވެއެވެ. ވީމާ، ތިރީގައިމިވާ މިމަސައްކަތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ޕްރޮޖެކްޓް ނަންބަރު |
ޕްރޮޖެކްޓް ނަން |
TES/2019/C-006 |
ހދ.ކުމުންދޫ، ހދ.ހިރިމަރަދޫ ހއ.ވަށަފަރު އަދި ހއ.ތަކަންދޫގައި ފެނާއި ނަރުދަމާ ނިޒާމުގެ ޑިޒައިން މަސައްކަތާއި ހއ.މާރަންދޫ އަދި ހއ.މުރައިދޫގައި ފެނުގެ ނިޒާމުގެ މަސައްކަތުގެ ޑިޒައިން ޤާއިމުކުރުމަށް ކޮންސަލްޓަންޓެއް ހޯދުން (ޕެކޭޖް - 1) |
TES/2019/C-007 |
ނ.ފޮއްދޫ، ނ.ކުޑަފަރީ، ނ.މާފަރު، ނ.މާޅެންދޫ އަދި ށ.ގޮއިދޫގައި ފެނާއި ނަރުދަމާ ނިޒާމުގެ ޑިޒައިން މަސައްކަތާއި ނ.ހެނބަދޫ، ނ.މަނަދޫ އަދި ށ.ފީވަށުގައި ފެނުގެ ނިޒާމުގެ މަސައްކަތުގެ ޑިޒައިން ޤާއިމުކުރުމަށް ކޮންސަލްޓަންޓެއް ހޯދުން (ޕެކޭޖް - 2 ) |
TES/2019/C-008 |
ޅ.އޮޅުވެލިފުށޮ އަދި ރ.ފައިނުގައި ފެނާއި ނަރުދަމާ ނިޒާމުގެ ޑިޒައިން މަސައްކަތާއި ބ.ކަމަދޫ، ބ.މާޅޮސް، ރ.އިންނަމާދޫ އަދި ކ.ހިންމަފުށީގައި ފެނުގެ ނިޒާމުގެ މަސައްކަތުގެ ޑިޒައިން ޤާއިމުކުރުމަށް ކޮންސަލްޓަންޓެއް ހޯދުން ( ޕެކޭޖް – 3 ) |
TES/2019/C-009 |
އއ.ފެރިދޫ، އއ.ހިމަންދޫ އަދި އދ.ކުންބުރުދޫގައި ފެނާއި ނަރުދަމާ ނިޒާމުގެ ޑިޒައިން މަސައްކަތާއި އދ.އޮމަދޫ، އއ.މަތިވެރި، އދ.ދިއްދޫ އަދި އދ.ފެންފުށީގައި ފެނުގެ ނިޒާމުގެ މަސައްކަތުގެ ޑިޒައިން ޤާއިމުކުރުމަށް ކޮންސަލްޓަންޓެއް ހޯދުން ( ޕެކޭޖް- 4 ) |
TES/2019/C-010 |
މ.ނާލާފުށީ، މ.ރަތްމަންދޫ، ވ.ކެޔޮދޫ އަދި ވ.ރަކީދޫގައި ފެނާއި ނަރުދަމާ ނިޒާމުގެ ޑިޒައިން މަސައްކަތާއި ތ.ދިޔަމިގިލީ އަދި ތ.މަޑިފުށީގައި ފެނުގެ ނިޒާމުގެ މަސައްކަތުގެ ޑިޒައިން ޤާއިމުކުރުމަށް ކޮންސަލްޓަންޓެއް ހޯދުން ( ޕެކޭޖް – 5 ) |
TES/2019/C-011
|
ގއ.ދެއްވަދޫ، ގއ.ނިލަންދޫ، ގދ.ނަދެއްލާ، ލ.ހިތަދޫ އަދި ލ.ކުނަހަންދޫގައި ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ޑިޒައިން ޤާއިމުކުރުމަށް ކޮންސަލްޓަންޓެއް ހޯދުން (ޕެކޭޖް -6 ) |
2. މި މަސައްކަތްތަކުގެ ތެރޭގައި ޕްލިމިނަރީ ޑިޒައިންގ، ޑީޓެއިލްޑް ޑިޒައިންގ، ޓެކްނިކަލް ސްޕެސިފިކޭޝަން އާއި ބިލް އޮފް ކުއަންޓިޓީސް (ބީ.އޯ.ކިއު) އަދި އީ.އައި.އޭ ހެދުން ހިމެނެއެވެ.
3. މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުން (ކޮމްޕެނީ ޕްރޮފައިލް، ކުންފުނީގެ އޮނިގަނޑު، ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ފަދަ މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ.
4. މި މަސައްކަތައް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެއެވެ.
5. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީއޯއާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން 31 މާރިޗު 2019 ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.
6. ވީމާ މިކަމަށް ޝަޢުޤުވެރިވާ، ޝަތުރު ހަމަވާ ފަރާތްތަކުން 17 އޭޕްރިލް 2019 ވާބުދަ ދުވަހުގެ 1400 ނިޔަލަށް "އެކްސްޕްރެޝަން އޮފް އިންޓަރަސްޓް" މިމިނިސްޓްރީއަށް ހުށަހެޅުއްވުންއެދެމެވެ.
ނެޝަނަލް ޓެންޑަރ،
މިނިސްޓްރީ އޮފް ފިނޭންސް،
އަމީނީމަގު، މާލެ، ދިވެހިރާއްޖެ
ޓެލެފޯން: +(960) 3349104, +(960) 3349296
އީ މެއިލް:. [email protected]
ކޮޕީ: [email protected]
27 މާރިޗު 2019