މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ބިން ހިއްކުމުގެ މަޝްރޫޢުތަކަށް ޑިޒައިން ކުރުމުގެ މަސައްކަތާއި އެންވަރަމަންޓް އިމްޕެކްޓެ އެސެސްމަންޓަށް ބޭނުންވާ އެންވަރަމަންޓަލް ކޮންސަލްޓަންސީއާއި ރިޕޯޓު ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

                                                       ނަންބަރު:  IUL)471-PIDS2/471/2019/17)

                                                                 

އިޢުލާން

ތިރީގައިވާ ބިން ހިއްކުމުގެ މަޝްރޫޢުތަކަށް ޑިޒައިން ކުރުމުގެ މަސައްކަތާއި އެންވަރަމަންޓް އިމްޕެކްޓެ އެސެސްމަންޓަށް ބޭނުންވާ އެންވަރަމަންޓަލް ކޮންސަލްޓަންސީއާއި ރިޕޯޓު ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ލޮޓް 1

  • ހއ. އިހަވަންދޫ ބިން ހިއްކުން
  • ހއ. ތުރާކުނު ބިން ހިއްކުން

ލޮޓް 2

  • ރ. އަލިފުށި 10 ހެކްޓަރުގެ ބިން ހިއްކުން
  • ރ. ދުވާފަރު ބިން ހިއްކުން

ލޮޓް 3

  • ކ. ބިން ހިއްކުން
  • ކ. ގުރައިދޫ ބިން ހިއްކުން
  • ކ. ގުޅި ބިން ހިއްކުން

ލޮޓް 4

  • އއ. ބޮޑު ފޮޅުދޫ ބިން ހިއްކުން
  • އއ. އުކުޅަސް  ބިން ހިއްކުން

ލޮޓް 5

  • ފ. މަގޫދޫ ބިން ހިއްކުން
  • ފ. ފީއަލި ބިން ހިއްކުން
  • ދ. މާއެނބޫދޫ ބިން ހިއްކުން

ލޮޓް 6

  • ތ. ހިރިލަންދޫ ބިން ހިއްކުން
  • ލ. މާވައް ބިން ހިއްކުން

ލޮޓް 7

  • ހއ. ގއ. ދާންދޫ ބިން ހިއްކުން
  • ގދ. މަޑަވެލި ބިން ހިއްކުން
  • ސ. މަރަދޫ - މަރަދޫފޭދޫ ބިން ހިއްކުން

 

ޝައުގުވެރިވާ ފަރާތްތަކަށް މިމަސައްކަތާއި ބެހޭ މަޢުލޫމާތު ޝީޓް މި މިނިސްޓްރީގެ ވެބްސައިޓް www.planning.gov.mv  އިން ލިބިވަޑައިގަންނަވާނެކަމުގައި ދަންނަވަމެވެ. އަދި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން 01  އެޕްރީލް 2019 ވަނަ ދުވަހުގެ 11:00ގައި މި މިނިސްޓްރީގައި އޮންނާނެކަމުގައި ދަންނަވަމެވެ.

މި މަސައްކަތާއި ބެހޭ  ފައިނޭންޝަލް އަދި ޓެކްނިކަލް ޕްރޮޕޯސަލް 07 އެޕްރީލް 2019 ވާ އާދިއްތަ ދުވަހު 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑިއަށް ޙާޒިރުނުވާ ފަރާތްތަކަށް ބިޑްހުށަހެޅުމަށް ފުރުސަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:                        

އިންފްރަސްޓްރަކްޗަރ ޑިޕާޓްމަންޓް/ އެންވަރަމަންޓަލް މޮނިޓަރިންގ ޔުނިޓް

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ.

އަމީނީ މަގު،

މާލެ، ދިވެހިރާއްޖެ.

ފޯން: 300400   ފެކްސް:3004301

އީ-މެއިލް: [email protected]

27 މާރިޗު 2019
ހޯދާ