ދިވެހިރާއްޖެ
މި އިޢުލާންވަނީ 02 އޭޕްރިލް 2019 12:59 ގައި ބާތިލް ކުރެވިފައެވެ.
ފުނަދޫ ސްކޫލް
ށ.ފުނަދޫ
ދިވެހިރާއްޖެ.
ނަންބަރު: (IUL)GS-59-AD/INDIV/2019/22
އިޢުލާން
އިސްވެރިޔާ ހުންނަވާނެ ގެއެއް ކުއްޔަށް ހިފުމާބެހޭ
މި ސްކޫލުގެ ނަމްބަރ: ((IUL)GS-59-AD/INDIV/2019/12) އިޢުލާނާއި ގުޅިގެން ބިޑްހުށައެޅި ފަރާތުން އެ މުއްދަތުގައި ގެ ހަވާލުކޮށްފައިނުވާތީ، އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
2019ވަނައަހަރު މި ސްކޫލުގެ އިސްވެރިޔާ ހުންނަވާނެ ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. ކުއްޔަށް ދޫކުރުމަށް ހުށަހަޅާ ގޭގައި މަދުވެގެން 3 ކޮޓަރި، ސިޓީންރޫމް، ކާގެ، ބަދިގެ، ލޯންޑްރީ ބައި އަދި ގޯތިތެރޭގައި ހުސްޖާގަ އޮންނަން ވާނެއެވެ.
ވީމާ، ގެ ކުއްޔަށް ދޫކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 އޭޕްރީލް 02ވަނަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 އޭޕްރީލް 09 ވަނަ ދުވަހުގެ 11:00 އަށް ގެ ކުއްޔަށް ދޫކުރެވޭނެ އަގާއި ގޭގެ ފްލޯޕްލޭން އަދި އިންވެންޓްރީ ލިސްޓާއެކު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ، މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ އަދި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
ނޯޓް: އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާނަމަ 6540540 އަށް ގުޅުއްވުން އެދެމެވެ.
20 ރަޖަބު 1440
27 މާރޗް 2019