ދިވެހިރާއްޖެ
އިޢުލާން
ޙިޖާމާގެ ޚިދުމަތް ދިނުމުގެ ކޮމްޕިޓެންސީ ސްޓޭންޑަޑް
ޙިޖާމާގެ ޚިދުމަތް ދޭންބޭނުންވާ ފަރާތްތައް މޯލްޑިވުސް އެލައިޑް ހެލްތު ކައުންސިލްގައި ރަޖިސްޓްރީ ކުރުމަށްވަނީ އެކައުންސިލުން ނިންމާފައެވެ. މިގޮތަށް ރަޖިސްޓްރޭޝަންދޭން ނިންމާފައިވަނީ އެކައުންސިލުން އެކުލަވާލާފައިވާ ކޮމްޕެޓެންސީ ސްޓޭންޑަޑް އާއި އެއްގޮތަށް ހިންގޭ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކޮށް ސެޓްފިކެޓް ލިބޭފަރާތްތަކަށެވެ. އެކައުންސިލުން އެކުލަވާލާފައިވާ ކޮމްޕިޓެންސީ ސްޓޭންޑަޑް އާއި އެއްގޮތަށް ތަމްރީނު ޕްރޮގްރާމް ހިންގަން ބޭނުންވާފަރާތްތައް އެކައުންސިލުގެ ކޯސްއެޕްރޫވަލް ރިކްއަރމެންޓްސް ފޯރމްއާއި އެއްގޮތަށް މަޢުލޫމާތު ހުށަހެޅުއްވުމުން އެފަދަ ތަމްރީނު ޕްރޮގްރާމެއް ހިންގުމުގެ ޝަރުތު ހަމަވާނަމަ އެކަމުގެ ހުއްދަ ލިބިވަޑައިގަންނަވާނެއެވެ.
ވީމާ، މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން އެކުލަވާލާފައިވާ ކޮމްޕިޓެންސީ ސްޓޭންޑަޑް މި މިނސްޓްރީގެ ވެބްސައިޓް www.health.gov.mv ގައި ޢާއްމު ކުރެވިފައިވާނެއެވެ.
