ދިވެހިރާއްޖެ
މި ސްކޫލުން ދޭ ކުރެހުމާއި މަޢުލޫމާތާ އެއްގޮތަށް މި ސްކޫލުގައި ރައްކާތެރި ކޮޓަރިއެއް އަޅާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި ސްކޫލުގެ ނަންބަރު (IUL)GS80/2019/03 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުގެ އަގު އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާތިލުކޮށް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ. އަދި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަމަށް ދަޢުވަތު އަރުވަމެވެ.
މި ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން، 2019 މާރިޗް 27 އިން 2019 އޭޕްރީލް 04 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް އުލިގަމު ސްކޫލަށް ޙާޟިރުވެ ނަން ނޯޓް ކުރެއްވުން އެދެމެވެ.
މި މަސައްކަތާގުޅޭ ގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ، 2019 އޭޕްރީލް 07 ވާ އާދީއްތަ ދުވަހުގެ 11:30 ގައި އުލިގަމު ސްކޫލުގައެވެ.
އަންދާސީ ހިސާބު ހުޅުވުން އޮންނާނީ، 2019 އޭޕްރީލް 11 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި އުލިގަމު ސްކޫލުގައެވެ.
މި މަސައްކަތާ ގުޅޭ ބީލަން ފޮތް މި އިޢުލާނާ އެކު ގެޒެޓް ކުރެވިފައިވާނެއެވެ.