ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ

އިޢުލާނު

ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ މިދަންނަވާ މަޤާމަށް މީހަކުބޭނުންވެއެވެ. މިއިޢުލާނަކީ މިއދާރާގެ ނަންބަރ (IUL)415/415/2019/12 (19 ފެބުރުއަރީ 2019) ގެ އިޢުލާނުގެ ދަށުން ވަޒީފާއަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތެއް ނެތުމުން ކުރީގެ އިޢުލާން ކެންސަލް ކޮށް އަލުން އިޢުލާން ކޮށްފައިވާ އިޢުލާނެކެވެ.

މަޤާމް:

ޕްރޮޖެކްޓް އޮފިސަރ

މަޤާމުގެ ނަންބަރު:

J-265906

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހުވަދުއަތޮޅު ދެކުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ ގދ.ތިނަދޫ

މުސާރަ:

-/5610 ރުފިޔާ (ފަސްހާސް ހަސަތޭކަ ދިހަރުފިޔާ)

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ (ދެހާސް ރުފިޔާ)

ސަޕޯޓިންގ ކޯ އެލަވަންސް:

-/700 ރުފިޔާ (ހަތްސަތޭކަ ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

  1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސާރވިސްގެ މުވައްޒަފުންނަށް ހަމޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ދައުލަތުން ޚަރަދުކުރާގޮތަށް ހިންގާ ޑްރެއިނޭޖް ޕްރޮޖެކްޓާއި މަގުތަކުގައި ތާރުއެޅުމުގެ ޕްރޮޖެކްޓްގެ އެންމެހައި ކަންކަން ހިންގާ އެޕްރޮޖެކްޓްތައް ހިންގަވާ މުވައްސަސާއަކުން ކަނޑައަޅާ ގޮތެއްގެ މަތިން ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ހިންގައި ބަލަހައްޓައި ވެރިންނަށް ރިފޯޓް ކުރުން.
  2. ކައުންސިލްގެ ތަރއްޤީ ޕްލޭނަށް ރިޢާޔަތްކޮށް ހިންގަމުންގެންދާ ކުނިމެނޭޖް ކުރުމުގެ ޕްރޮޖެކްޓާއި އަދި ތިނަދޫ ރަސްމީ ފާލަން ބިނާކުރުމުގެ ޕްރޮޖެކްޓްގެ އެންމެހައި ކަންކަން ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިންދައުލަތުގެ މާލިއްޔަތު ޤާނުނާއި ޤަވާއިދާއި އެއްގޮތަށް ހިންގައި ބަލަހައްޓައި ވެރިންނަށް ދުވަހުން ދުވަހަށް ރިޕޯޓް ކުރުން.
  3. ރަށުގެ ރައްޔިތުން ބައިވެރި ވުމާއެކު ރަށުގެ ތަރައްޤީ ޕްލޭން އެކުލަވާލައި، މިގޮތުން އެކުލަވާލެވޭ ޕްލޭން އަތޮޅު ކައުންސިލާއި ލޯކަލް ގަވަރމެންޓް އޮތޯރިޓީއަށް ފޮނުވުން. އަދި ކުރިއަށް އޮތް އަހަރުގެ ބަޖެޓް ފާސްކުރުމުގެ ކުރިން ރަށުތަރައްޤީ ޕްލޭނަށް ރިޢާޔަތްކޮށް އެކްޝަން ޕްލޭން ތައްޔާރުކޮށް އަތޮޅު ކައުންސިލާއި ލޯކަލް ގަވަރމެންޓް އޮތޯރިޓީއަށް ފޮނުވުން.
  4. ޤަބުރުސްތާންގެ ހިނަވާގެ މަރާމާތުގެ މަސައްކަތު ޕްރޮޖެކްޓް ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ރާވައި ހިންގައި ބެލެހެއްޓުމާއި، ޕްރޮޖެކްޓްގެ މަސައްކަތް ދުވަހުން ދުވަހަށް ސްޕަވައިޒަރަށް ރިޕޯޓްކުރުން.
  5. ކައުންސިލްގެ އިދާރާގެ ބެލެހެއްޓުމުގެ ދަށުގައިވާ ތިނަދޫ އާބާދީ މަރުކަޒު މަރާމާތުކުރުމުގެ ޕްރޮޖެކްޓް ހިންގުމާއި، އެ ޢިމާރާތް އެއަރކޮންޑިޝަން ކުރުމުގެ މަސައްކަތު ޕްރިޖެކްޓްގެ ހިންގުމުގައި ކައުންސިލުން ކަނޑައަޅާ އުޞޫލެއްގެމަތިން ޕްރޮޖެކްޓް ރާވައިހިންގުމާއި ޕްރޮޖެކްޓްގެ ކަންތައްތައް ހިނގާގޮތުގެ މަޢުލޫމާތު ސްޕަވައިޒަރަށް ރިޕޯޓް ކުރުން.

މަޤާމުގެ ޝަރުޠުތައް:

ޕްރޮޖެކްޓް މެނޭޖްމެންޓް، ބިޒްނަސް މެނޭޖްމެންޓްގެ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ،ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައްކިޔަން އެނގޭފަދަ ކޮޕީއެއް.
  4. ސިވިލްސަރވިސް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއްތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢްލީމީ ސެޓްފިކެތްތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން/ ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިންބޭރުގެ މަތީ ތަޢްލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޮރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢްލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތު ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއު ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ.
  2. ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓްގެ ކޮޕީ.
  3. މަސައްތަކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކްފޯމް.

ވަޒީފާއަށް އެންމެޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

ލިބިފައިވާ ލައިސަންސް / ހުއްދަ ސަނަދު، ތަޖުރިބާ އަދި އިންޓަވިއު.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 އޭޕްރީލް 2019 (އަންގާރަ) 13:30 ގެކުރިން، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއި   [email protected] އަދި ފެކްސް (6841018) މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދުދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 14 އޭޕްރީލް 2019 އާއި 16 އޭޕްރީލް 2019 އާ ދެމެދު، ހުވަދުއަތޮޅު ދެކުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ އަށެވެ.

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢްލީމީފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

       މި އިޢުލާނާއި ގުޅިގެން މަޢްލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6841715އަށެވެ. އަދި ފެކްސް ކުރައްވާނެ ނަންބަރަކީ،6841018އެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.

27 މާރިޗު 2019
ހޯދާ