ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ގއ.ކޮލަމާފުށީ މެޖިސްޓްރޭޓު ކޯޓުގައި ކުރަންހުރި މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ނަންބަރު: 17/2019/(IUL)P2C

އިޢުލާން

 

އަންދާސީހިސާބު ބޭނުންވެއްޖެ.

 

ގއ.ކޮލަމާފުށީ މެޖިސްޓްރޭޓު ކޯޓުގެ ބައެއް ކުޑަދޮރުތައް ބަދަލުކުރުމާއި، ކަރަންޓް ޕޮއިންޓް އެޅުމާއި، އިމާރާތުގެ ފާރުތަކުން ކަނޑައިގެން ގޮސްފައިވާ ތަންތަން ބެއްދުމާއި، ޕާޓްޝަން ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

 

ވީމާ، އަމިއްލަތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 02 އޭޕްރީލް 2019 ވާ އަންގާރަ ދުވަހުގެ 13:45 އަށް ގއ.ކޮލަމާފުށީ މެޖިސްޓްރޭޓު ކޯޓަށް ނުވަތަ މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 10 އޭޕްރީލް 2019 ވާ ބުދަ ދުވަހުގެ 13:45 އަށް މަޢުލޫމާތު ނެންގެވި ކޯޓަކަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބަލައިނުގަނަވޭނެ ވާހަކަދެންނެވީމެވެ.

26 މާރިޗު 2019
ހޯދާ