މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އަތޮޅުވެހި އިމާރާތަށް ބޭނުންވާ ފަރުނީޗަރ ސަޕްލައިކޮށްދިނުމުގެ މަސައްކަތް
ޕްރޮޖެކްޓް ނަންބަރު: |
PC-227/2019/G-03 |
އިޢުލާން ނަންބަރު: |
(IUL)227-ID/227/2019/13 |
ބީލަން ހުށައެޅުމުގެ ދަޢުވަތު
- މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އަތޮޅުވެހި އިމާރާތަށް ބޭނުންވާ ފަރުނީޗަރު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި ޢިދާރާގެ ނަންބަރު: (IUL)227-ID/227/2019/11 (11 މާރިޗު 2019) އިޢުލާނާއި ގުޅިގެން ބީލަން ހުށައަޅުއްވާފައިވަނީ ދެފަރާތުންކަމަށްވުމާއި އަދި ހުށައަޅުއްވާފައިވާ އަގުތަކަކީ މިއިދާރާއިން މިޕްރޮޖެކްޓަށް ކަނޑައަޅާފައިވާ ބަޖެޓަށްވުރެ ބޮޑު އަގުތަކެއްކަމަށް ފެންނާތީވެ އެއިޢުލާން ބާޠިލުކޮށް އަލުން އެފުރުޞަތު މިމަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެލައްވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަމުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓްރީވުމަށް މިއިދާރާގެ ވެބްސައިޓް(shaviyani.gov.mv)ގައި ޑައުންލޯޑްސްގެ ގެދަށުން ފޯރުކޮށްދީފައިވާ "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށްފަހު 2019 މާރިޗު 31ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެސްއަށް މެއިލްކުރުމުން ރެޖިސްޓްރީކޮށްދެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަޤީންކުރަންވާނީ ރަޖިސްޓްރީވި ކަމުގެ ސްލިޕް ލިބިލެއްވުމުންނެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
- މިބީލަމާއި ގުޅިގެން ޕްރީބިޑް މީޓިންގްއެއް ނޯންނާނެއެވެ. އަދި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ 2019 އޭޕްރިލް 01ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެސްއަށް ސިޓީ/އީމެއިލް ފޮނުއްވުން އެދެމެވެ. މެއިލް/ސިޓީއިން ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2019 އޭޕްރިލް 02ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ބީލަމުގައި ބައިވެރިވެލެއްވުމަށް ރަޖިސްޓްރީކުރައްވާފައިވާ ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
- މިބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހާއި ބީލަން ހުށައަޅާ ފޯމް މިއިދާރާގެ ވެބްސައިޓް(shaviyani.gov.mv)އިން 2019 މާރިޗު 26ން ފެށިގެން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
- ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2019 އޭޕްރިލް 4ވާ ބުރާސްފަތި ދުވަހުގެ 11:00ގައި މިއިދާރާ އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން/ޕްރޮޖެކްޓް ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ.
- ހުށައަޅާ އަންދާސީ ހިސާބުތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މިލަދުންމަޑުލުއުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ/ ށ.ފުނަދޫ، ދިވެހިރާއްޖެ.
ފޯން: 6540025، 6540038
އީމެއިލް: [email protected] ކޮޕީ: [email protected]
26 މާރިޗު 2019
26 މާރިޗު 2019
ހޯދާ