D14MC/2019/01އިއުލާން ނަންބަރު:
|
ވަޒީފާގެ ފުރުޞަތު
|
ތާރީޚް: 26 މާރިޗު 2019
|
|
ރޭންކް: ޖީ. އެސް 3
|
ކޯޓު އޮފިސަރ (ދާއިމީ)
|
މަޤާމް
|
ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1
|
1 (އެކެއް)
|
އަދަދު
|
މިލަދުންމަޑުލުދެކުނުބުރީ ފޮއްދޫ މެޖިސްޓްރޭޓް ކޯޓް
|
މަސައްކަތް ކުރަންޖެހޭ ތަން
|
-/4465ރ (ހަތަރުހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ)
|
އަސާސީ މުސާރަ
|
-/1500ރ (ފަނަރަސަތޭކަ ރުފިޔާ)
|
ސަރވިސް އެލަވަންސް
|
އަސާސީ މުސާރައިގެ %20
|
ޖުޑީޝަލް އެލަވަންސް
|
-/2550ރ (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ)
|
ލިވިންގ އެލަވަންސް
|
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
އިތުރުގަޑީގެ ފައިސާ
|
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު،، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން، ނުވަތަ
- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިބެމުންދިޔުމާއިއެކު ޖީ.އެސް.2 ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައި ވުން.
|
އަސާސީ ޝަރުތު
|
- ޝަރީޢަތަށް މީހުން ޙާޞިރުކުރުމުގައި، ކޯޓުގެ މެޖިސްޓުރޭޓް ނުވަތަ ކޯޓާއި އޭރަކު ހަވާލުވެ ހުންނަ މެޖިސްޓުރޭޓަކު އަންގާގޮތެއްގެ މަތިން ހުށަހެޅިފައިވާ މައްސަލަތަކުގައި އިދާރީ ފިޔަވަޅު އަޅަމުންދިއުމާއި، ކޯޓް އަމުރާއި، ބަންދު އަމުރު އަންގަވާ ގޮތެއްގެމަތިން ތައްޔާރުކޮށް ބެލެހެއްޓުން.
- ކޯޓް ރޫމާ ގުޅޭގޮތުން އިންތިޒާމްކުރަންޖެހޭ އެންމެހާކަންކަން އިންތިޒާމުކޮށް ޝަރީޢަތުގެ މަޖިލިސް ތައްޔާރުކުރުން.
- ކޯޓާ ހަވާލުވެހުންނަ މެޖިސްޓުރޭޓަކު އަންގާގޮތެއްގެމަތިން ދަޢުވާފޯމް ޤަޟިއްޔާކުރުން ނުވަތަ މައްސަލަ ހުށަހެޅުމާއި، ޖަވާބު އަރުވަންޖެހޭ ފަރާތްތަކަށް ޖަވާބުއެރުވުމަށް އަންގަވާގޮތެއްގެ މަތިން ދަޢުވާފޯމްތަކުގެ ޖަވާބުފޮނުވުން.
- މައްސަލަ ތަކުގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓް ތައްޔާރުކޮށް ކަމާގުޅޭ ފައިލަށް އެޅުމަށް ހަވާލުކުރަންޖެހޭ މުވައްޒަފާ ހަވާލުކުރުމާއި، މައްސަލަ ނިމޭތާ ގިނަވެގެން މަސްދުވަހުގެތެރޭގައި މައްސަލައިގެ ރިޕޯޓް ލިޔެފައިލް ހަވާލުކުރުން.
- މަޙުޟަރުތައް ލިޔެބެލެހެއްޓުމާއި، ޤަޟީއްޔާތަކާގުޅީގެން ފައިލަށް އަޅަންޖެހޭ ހުރިހާ ލިޔުންތަކެއް ހަމަޔަށް އެޅިފައި ހުރިތޯބެލުމާއި، އެފަދަ ލިޔުންތައް ފައިލުތަކަށް މެޖިސްޓުރޭޓް އަންގާފައިވާ ތަރުތީބަކުން އެޅުން.
- މައްސަލަތައް މެޖިސްޓުރޭޓް އަންގާވާގޮތެއްގެމަތިން ތާވަލުކުރުމާއި، ޤަޟިއްޔާތަކާގުޅިގެން އަމިއްލަ ފަރާތްތަކުން ފޮނުވާ ސިޓީތަކަށް ޖަވާބުއެރުވުމަށް އެއަށް ޖަވާބުތައްޔާރުކުރުމަށް މެޖިސްޓުރޭޓް އަންގާގޮތެއްގެމަތިން ޖަވާބުތައްޔާރުކުރުމަށް އިދާރީ ކަންކަމާ ހަވާލުވެ ހުންނަ މުވައްޒަފާ ހަވާލުކޮށްގެން ޖަވާބުތައްޔާރުކުރުމާއި، އެސިޓީތަކަށް ޖަވާބުފޮނުވޭތޯބެލުން.
- ކުރާ ޙުކުމްތަކާއި، އަދި އެނޫންވެސް ކޯޓުން އެކިފަރާތްތަކަށް އަންގަންޖެހޭ އެންގުންތައް ހަވާލުވެ ހުންނަ މެޖިސްޓުރޭޓަކު އަންގަވާ ގޮތެއްގެ މަތިން އެކަމާހަވާލުވެ ހުންނަ މުވައްޒަފެއްމެދުވެރިކޮށް އެންގުން.
- ޝަރީޢަތްތަކާ ގުޅިގެން ތައްޔާރުކުރަންޖެހޭ އެކިއެކި ލިޔުންތައް ތައްޔާރުކުރުން.
- ކޯޓަށް ތަސްދީޤުކުރުމަށް ހުށަހެޅޭ ލިޔުންތަކާމެދު މެޖިސްޓުރޭޓް އަންގާގޮތެއްގެ މަތިން އިދާރީ ފިޔަވަޅުއެޅުން.
- ޝަރީޢަތާގުޅޭ އެންމެހައި ފޮތްތައްލިޔެ ބެލެހެއްޓުން. (މީގެތެރެއިން ވަރި ކައިވެނީގެ ރަޖިސްޓްރީއާއި، ވަރި ކާވެނީގެ ދަފްތަރު، ވަރި ފަސްޚް ތަފްރީޤު ސެޓްފިކެޓް ހަވާލުކުރާ އިސްތިސްނާވާނެއެވެ.)
- ކޯޓުގެ މެއިލް ކޮންމެ ދުވަހަކުވެސް ބަރާބަރަށް ޗެއްކުރަމުން ގެންދިއުމާއި، ޖަވާބުދޭންޖެހޭ ތަކެއްޗަށް އެކަމާގުޅޭ މުވައްޒަފަކާ ހަވާލުކޮށްގެން ޖަވާބުފޮނުވުމުގެ ކަންކަން ބެލެހެއްޓުން.
- މުއްދަތުޖެހުމަށާއި، އެނޫންވެސް އަމުރެއްދިނުމަށް ނުރަސްމީ ގަޑީގައި ކޯޓް ހުޅުވަން ޖެހިއްޖެނަމަ އެކަމާގުޅޭ އެންމެހާ ކަންކަން އިންތިޒާމްކުރުން.
- ކޯޓުގެ އިދާރީ މުވައްޒަފަކު ޗުއްޓީ ނަގައިފިނަމަ އެމުވައްޒަފަކާ ހަވާލުވެފައިވާ މަސައްކަތުގެ ތެރެއިން ވެރިޔަކު ހަވާލުކުރާ މަސައްކަތްތައް ފުރިހަމައަށް ކުރުމާއި މިނޫންވެސް ކޯޓުގެ އިދާރީ މަސައްކަތްތަކުގެ ތެރެއިން މެޖިސްޓުރޭޓް ހަވާލުކުރާ މަސައްކަތް ކުރުމާއި، ކޯޓް ހުޅުވާލައްޕަން ޖެހިއްޖެނަމަ އެމަސައްކަތްވެސް ކުރުން.
|
މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު
|
- ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
|
ހުށަހަޅަންޖެހޭ ތަކެތި
|
2019 އެޕްރީލް 09 ވަނަ ދުވަހުގެ 13:30 ގެ ކުރިން ނ. ފޮއްދޫ މެޖިސްޓްރޭޓް ކޯޓަށް ވަޒީފާއަށް އެދޭ ފޯމާއިއެކު ހުށަހަޅަންވާނެއެވެ. އެޕްލިކޭޝަން ފޯމް ފެކްސް އިން އަދި މެއިލް އިން ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
|
ސުންގަޑި
|
- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކޮށް އަދި ފޯމާއެކު ހުށަހަޅަންޖެހޭކަމަށް ބަޔާންކޮށްފައިވާ ތަކެތި ބަޔާންކޮށްފައިވާ ގޮތަށް ހުށަހަޅާފައި ނުވާނަމަ އެފޯމް ބާޠިލް ވާނެއެވެ.
- މި މަޤާމަށް އެދި ހުށަހަޅާ ފަރާތަކީ މަޤާމުގެ ޝަރުޠު ފުރިހަމަވާ މީހަކަށް ވުމާއެކު ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 70 ވަނަ މާއްދާގައި "ޝަރުޢީ ދާއިރާގެ ވަޒީފާއަށް ޢައްޔަންކުރެވޭ ޝަރުޠުތައް" ހަމަވާ މީހަކަށް ވާންވާނެއެވެ.
- އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ، އޮފީސް ބަންދުވުމުގެ ކުރިން 6560566 އާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު
|