ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ޝަރުއީ މައުޒޫން

އިޢުލާން

      

 ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ފުރުޞަތު

                މިކޯޓަށް ކޮންޓްރެކްޓް އުޞޫލުން ކައިވެނިޢަޤުދު ކޮށްދޭނޭ ޝަރުޢީ މަޢުޛޫނުން ބޭނުންވާތީ، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި މިކޯޓަށް ހުށަހެޅުއްވުން އެދެމެވެ. 

މަސައްކަތް ކުރަން ޖެހޭ ތަން؛

 ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓް

އެލަވަންސް:

 -/250 ރުފިޔާ (އަޤުދު ކޮށްދޭ ކޮންމެ ކައިވެންޏަކަށް)

 

މަޤާމުގެ ޝަރުތު:

 ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތެއް ކަމުގައިވުން.

ހުށަހަޅަންޖެހޭ ތަކެތި:

 - ވަނަވަރު

 - އައިޑީކާޑުގެ ކޮޕީ

 - ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ހުއްދައިގެ ކޮޕީ

ކައިވެނިކޮށްދޭންޖެހޭ ގަޑި:

 - ކޮންޓްރެކްޓް އުސޫލުން ކައިވެނިޢަޤުދުކޮށްދިނުމަށް ހޮވޭ ފަރާތްތައް އާއްމުގޮތެއްގައި ކޮށްދޭންޖެހޭނީ ނުރަސްމީގަޑީގައި ކުރެވޭ ކައިވެނިތަކެވެ. ނަމަވެސް ކޯޓުން ބޭނުންވެއްޖެ ޙާލަތެއްގައި ރަސްމީގަޑީގައި ކޮށްދޭންޖެހޭ ކައިވެނިތައް ކޮށްދިނުމަށް ހަވާލުކުރެވޭނެއެވެ.

ސުންގަޑި:

2019 އޭޕްރީލް 04 ވަނަ ދުވަހުގެ 14:00ގެ ކުރިން.

އިތުރު މަޢުލޫމާތު:

  - މި މަޤާމަށް މީހުން ހޮވުމުގައި މިކަމުގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

 

                  1440   G 19

26  މާރިޗު   2019       

26 މާރިޗު 2019
ހޯދާ