ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
އިޢުލާން ނަންބަރ: GS149/IUL-2019/07
ބޮޑުފޮޅުދޫ ސްކޫލް ބައު އިމާރާތު ޓިނު ބަދަލުކުރުން
- ބޮޑުފޮޅުދޫ ސްކޫލްގެ ބައު އިމާރާތު ޓިނުބަދަލު ކުރުމުގެ މަސައްކަތާ ގުޅިގެން ކުރެވުނު އިޢުލާން ނަންބަރު GS149/IUL-2019/05 އާއި ގުޅިގެން ފޯރުކޮށްދެވުނު މަޢުލޫމާތު ޝީޓްގައި އޮޅުމެއްވާތީ އެއިޢުލާން ބާތިލްކޮށް މިމަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
2. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 27މާރިޗް 2019 އިން 01 އޭޕްރީލް 2019 އާއި ދެމެދު ނަންނޯޓް ކުރެއްވުމަށް ދަންނަވަމެވެ. ނަންނޯޓް ކުރުން ކުރިއަށް ގެންދެވޭނީ ބަންދުނޫން ކޮންމެ ދުވަހެއްގެ 9:00 އިން 13:00 އާދެމެދުގައެވެ.
3. މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 01އޭޕްރީލް 2019 ހޯމަ ދުވަހުގެ14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
4. މިމަސައްކަތާއި ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2އޭޕްރީލް 2019 ވާ އަންގާރަ ދުވަހުގެ11:00 ގައި ބޮޑުފޮޅުދޫ ސްކޫލް ގައެވެ.
5. ބިޑް ހުޅުވުން އޮންނާނީ 10އޭޕްރީލް 2019 ވާ ބުދަ ދުވަހުގެ13:00 ގައި ބޮޑުފޮޅުދޫ ސްކޫލް ގެ ގުރޭޑް 10 ގެ ކުލާސްރޫމްގައެވެ.
6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- އެޑްމިނިސްޓްރޭޓިވް ސެކްޝަން
- ބޮޑުފޮޅުދޫ ސްކޫލް/އއ.ބޮޑުފޮޅުދޫ
- ފޯން: 6660841
- އީ-މެއިލް[email protected]
26 މާރޗް 2019