ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އިޢުލާން

 

އަންދާސީ ހިސާބު ބޭނުންވެއްޖެ

ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ކާރޑިއެކް ސެންޓަރއެއް ހެދުމަށްޓަކައި ކުރަން ހުރި މަސައްކަތްތައް  ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަމްބަރ:(IUL)KRH-APD/2019/02 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައި ނުވާތީ އެ އިޢުލާން ބާތިލް ކޮށްފީމެވެ.

ވީމާ، އަލުން މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚުތަކުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް މީޓިންގ ރޫމަށް ނުވަތަ މިނިސްޓްރީ އޮފް ހެލްތް ( ރޯޝަނީ ބިލްޑިންގ، ސޯސަންމަގު ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

 

  • ·        މައުލޫތު ސާފުކުރުން

1 އެޕްރީލް 2019 ވާ ހޯމަ ދުވަހުގެ 9:00 އަށް

 

  • ·        އަންދާސީ ހިސާބު ހުށަހެޅުން

7 އެޕްރީލް 2019 ވާ އާދީއްތަ ދުވަހުގެ 10:00 އަށް

 

މަޢުލޫމާތު ސާފުކުރުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

 

26 މާރިޗު 2019

26 މާރިޗު 2019
ހޯދާ