ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ކޯޓު އޮފިސަރ (ކޮންޓްރެކްޓު، ގއ.ކޮނޑޭ މެޖިސްޓްރޭޓު ކޯޓު)

އިޢުލާން

 

ކޮންޓްރެކްޓް އުޞޫލުން ދުވަހު އުޖޫރަށް މަސައްކަތް ކުރުމުގެ ފުރުޞަތު

ނަންބަރު:  16/2019/(IUL)P2C

ތާރީޚް:  26 މާރޗު 2019  

ޝަރުޢީ ދާއިރާގެ މަޤާމެއްގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ކޮންޓްރެކްޓް އުޞޫލުން ދުވަހު އުޖޫރައަށް މަސައްކަތް ކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ހަވާލުކުރެވޭ މަސްއޫލިއްޔަތު ނިސްބަތްވާ މަޤާމާއި ރޭންކު

ކޯޓު އޮފިސަރ، ރޭންކް:  GS 3

ބޭނުންވާ އަދަދު:   01

މަސައްކަތް ކުރަންޖެހޭ ތަން:  ގއ.ކޮނޑޭ މެޖިސްޓްރޭޓު ކޯޓު

އުޖޫރަ

-          ޙާޟިރުވާ ކޮންމެ ދުވަހަކަށް -/250 ރުފިޔާ  

އަސާސީ ޝަރުތު:

 

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށް ދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 02 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއިއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ

 

  1. މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްހެއް ލިބެމުން ދިޔުމާއެކު، ޖީ.އެސް 02 ރޭންކުގައި މަދުވެގެން 02 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

-          ޝަރީޢަތުގެ މަޖިލީސް އިންތިޒާމްކޮށް ބެލެހެއްޓުމާއި، މެޖިސްޓްރޭޓުގެ މަޝްވަރާގެ މަތީން މައްސަލަތަކުގެ އިދާރީ ފިޔަވަޅުތައް އެޅުމާއި، މައްސަލަތަކުގެ ރިޕޯޓު ލިޔުމާއި، މިނޫނަސް އިދާރީގޮތުން ޝަރުޢީ މަސައްކަތްތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން.

 

-          ކޯޓުގެ ތަފާސްހިސާބު ރިޕޯޓު ތައްޔާރުކޮށް ވެރިކަންކުރާ ރަށުމެޖިސްޓްރޭޓު ކޯޓަށް ފޮނުވުން

-          މިނޫނަސް ކޯޓުގެ ވެރިއަކު އަންގާ ރަސްމީ އެންމެހާ މަސައްކަތް ކުރުމާއި ކޯޓުން ޒިންމާކުރެވޭ މަސައްކަތްތަކާއި ގުޅޭ އެންމެހާ ލިޔެކިޔުންތައް ކޯޓުގައި ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތަށް ފުރިހަމަކޮށް ބެލެހެއްޓުން.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ކޮންޓްރެކްޓު އުޞޫލުން ދުވަހު އުޖޫރައަށް މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން ފާޅުކޮށް ހުށަހަޅާ ސިޓީ
  2. ކުރިމަތިލާ ފަރާތުގެ ވަނަވަރު
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
  5. ސެޓްފިކެޓް ލެވެލްގެ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިނުވާ ފަރާތެއްނަމަ، ކޯސް ފުރިހަމަކުރިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން  ކޯހުގެ ލެވެލް ބަޔާންކުރައްވައި ދޫކުރައްވާފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
  6. އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައިވީ މުއްދަތާއި، އަދާކުރި މަސްޢޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަޑި:

2019 އޭޕްރީލް 01 ވާ ހޯމަ ދުވަހުގެ 14:00 ކުރިން ގއ.ކޮނޑޭ މެޖިސްޓްރޭޓު ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

-          މަޢުލޫމާތު ސާފްކުރުމަށް ގުޅޭނެ ނަންބަރަކީ 6820059

-          ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

-          ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި އިންޓަރވިއު ކުރެވޭނެއެވެ. އަދި ވަޒީފާއަށް ބޭނުންވާ ހުނަރަށް މީހާ ޤާބިލުވެފައިވާ މިންވަރު ބެލުމަށް ޢަމަލީ އިމްތިހާނެއްވެސް ދެވޭނެއެވެ.

-          އިންޓަވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

ކޮންޓްރެކްޓު އުޞޫލުން ދުވަހު އުޖޫރައަށް މީހުން ހަމަޖެއްސުމުގައި އިސްކަން ދެވޭނެ ކަންތައްތައް:

-          ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.

-          ޤާނޫނުތަކާއި، ޤަވާޢިދުތަކަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުން.

-          ދަތުރުކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތެއްކަމުގައިވުން.

-          މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ފެކޭޖް ފަރިތަކަމާއެކު އެޑްވާސް ފެންވަރެއްގައި ބޭނުންކުރަން އެނގޭ ފަރާތެއް ކަމުގައިވުން. (ޖީއެސް 1 ރޭންކުން ފެށިގެން މަތީ މަޤާމެއް މަސްއޫލިއްޔަތު އަދާކުރުމަށް ނަގާ ފަރާތްތައް)

-          ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.

 

26 މާރިޗު 2019
ހޯދާ