އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ވެކިއުމް ސްވަރޭޖް ސިސްޓަމެއް ގާއިމްކުރުމަށް ބޭނުންވާ ޓެކްނިކަލް ސްޕެސިފިކޭޝަން އަދި ގައިޑްލައިން ތައްޔާރުކުރުން.

ނަންބަރު:(IUL) 203-ADMIN/2019/02

 

އަންދާސީ ހިސާބު ބޭނުންވެއްޖެ.

ވެކިއުމް ސްވަރޭޖް ސިސްޓަމެއް ގާއިމްކުރުމަށް ބޭނުންވާ ޓެކްނިކަލް ސްޕެސިފިކޭޝަން އަދި ގައިޑްލައިން ތައްޔާރުކުރުން.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީ.ޕީއޭ) ގެ ފަރާތުން ވެކިއުމް ސްވަރޭޖް ސިސްޓަމެއް ގާއިމްކުރުމަށް ބޭނުންވާ ޓެކްނިކަލް ސްޕެސިފިކޭޝަން އަދި ގައިޑްލައިން ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

މިމަސައްކަތުގެ ބޭނުމަކީ ވެކިއުމް ސްވަރޭޖް ސިސްޓަމް ގާއިމްކުރުމާއި ގުޅޭ ޓެކްނިކަލް ސްޕެސިފިކޭޝަންތަކާއި ގައިޑްލައިން (ދިވެހި އަދި އިނގިރޭސި ބަހުން) ތައްޔާރު ކުރުމެވެ.

ވީމާ، މަސައްކަތަށް ޝައުޤުވެރިވެލައްވާ، މިމަސައްކަތަށް ތައްޔާރުކުރެވިފައިވާ ޓާމްސް އޮފް ރެފަރެންސްގެ 5 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކޮލިފިކޭޝަން ހުރި ފަރާތްތަކުން، 04 އެޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ 13.00 އަށް މިއެޖެންސީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިމަސައްކަތަށް ތައްޔާރުކުރެވިފައިވާ ޓާމްސް އޮފް ރެފަރެންސް މި އިއުލާން އާއި ގުޅިފައި އެވަނީއެވެ.

 

26 މާރިޗް    2019

26 މާރިޗު 2019
ހޯދާ