ދިވެހިރާއްޖެ
c
މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ
ކޮޅުފުށި
ދިވެހިރާއްޖެ ދިވެހިރާއްޖެ ނަމްބަރ (IUL)367-AS/367/2019/19
އިޢުލާން
މ.ކޮޅުފުށީ ރައްޔިތުންގެ މަސްދޯޏި "ދުރުރާސްތާ8" މަރާމާތު ކުރުމާއި ގުޅޭ
މ.ކޮޅުފުށީ ރައްޔިތުންގެ ރަޖިސްޓަރީ ނަމްބަރ G1454B0107-K މަސްދޯނި (ދުރުރާސްތާ 8 ) މަސްދޯންޏާއި ދޯނީގައިވާ އިންޖީނު Model no:6HA2M-THE) ( ޔަންމާ 350 ހޯސަޕަވަރ އިންޖީނު މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.
ދޯންޏާއި އިންޖީނު މަރާމާތުކޮށްދިނުމަށް ހުށަހަޅާ ބިޑު 26 މާރޗް 2019 އިން 3 އޭޕްރީލް 2019 ވަނަ ދުވަހުގެ 10:30 އަށް މިއިދާރާއިން ގަންނަން ލިބެންހުންނާނެއެވެ. ބިޑުފޮތެއްގެ އަގަކީ 500 ރުފިޔާއެވެ.
ވީމާ، ދޯންޏާއި އިންޖީނު މަރާމާތުކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބިޑުފޮތް ބައްލަވައިގަތުމަށްފަހު 02 އޭޕްރީލް 2019 ވަނަދުވަހުގެ 10:30 އަށް ބިޑުހުށަހެޅުމަށް މިއިދާރާއަށް ވަޑައިގަތުމަށް ދަންނަވަމެވެ.
ދޯންޏާއި އިންޖީނު ބައްލަވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ކޮޅުފުއްޓަށް ވަޑައިގަތުމުން ދޯންޏާއި އިންޖީނު ބައްލަވައިލެވޭނެ އެވެ. އިތުރު މަޢުލުމާތު ސާފުކުރުމަށް ރަސްމީގަޑީގައި 6720606 ފޯނާއި ގުޅުއްވުމަށް ދަންނަވަމެވެ.
18 ރަޖަބު 1440
25 މާރޗް 2019