މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތުޅާދޫ ކުޑަކުދިންގެ ޕާރކަށް ބޭނުންވާ ބައެއް ތެކެތި ހޯދުން

މިރަށުގައި ހަދަމުންދާ ކުދަކުދިންގެ ޕާރކަށް ބޭނުންވާ ތިރީގައި މިދަންނަވާތަކެތި، މި އިދާރާއިންދޭ ނަމޫނާއާ އެއްގޮތަށް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

  • 15 ބެންޗް ލަކުޑި
  • 02 ހަރުގަނޑު (ކިޑްސް ސްވިންގ)
  • 02 ހަރުގަނޑު

ވީމާ، މި ތަކެތި ހަދައިދިނުމަށް ޝައުޤުވެރިވެލައްވާފަރާތްތަކުން ތިރީގައި މިދަންނަވާގޮތުގެމަތިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

#

ތަފްޞީލް

ތާރީޚް

ގަޑި

ތަން

1

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

01 އޭޕްރީލް 2019

11:00

ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަން

2

އަންދާސީ ހިސާބު ހުށަހެޅުން

09 އޭޕްރީލް 2019

11:00

ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަން

 

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ކުޑަކުދިންގެ ޕާރކަށް ބޭނުންވާ ތަކެތި ހަދައިދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ހުށަހަޅާފަރާތުގެ ނަމާއި އެޑްރެސް އެގެން އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އެސްޓިމޭޓްތަކާއި ކަނޑައެޅިފައިވާގަނޑީގެ ފަހުން ހުށަހަޅާ އެސްޓިމޭޓްތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅަނީ އަމިއްލަ ފަރުދެއްނަމަ،އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ރަޖިސްޓްރޭޝަން ސެޓްފިކެޓް ކޮޕީއެއް އަދި ކުންފުންޏެއް ނުވަތަ ކޯޕަރެޓިވް ސޮސައިޓީއެއް ނަމަ އެތަނެއްގެ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއަންދާސީ ހިސާބާއެކު ހުށަހަޅާންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މި އިދާރާގެ ނަންބަރު: 6600006 ފޯނާ ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

17  ރަޖަބު 1440

24  މާރިޗު  2019 

24 މާރިޗު 2019
ހޯދާ