ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިކޮށިއަޅާ ސަރަހައްދާއި މަގުގައި ގަސްއިންދުމާއިގުޅޭ

ކުނިކޮށިއަޅާ ސަރަހައްދާއި މަގުގައި ގަސްއިންދުމާއިގުޅޭ

           ރަށުގެ ދެކުނުން ކުނިކޮށިއެޅުމަށް ސާފުކުރެވިފައިވާ ސަރަހައްދާއި މިސަރަހައްދައް ދިއުމަށް ހެދިފައިވާ މަގުގައި ބައެއްފަރާތްތަކުން ރުއް/ގަސް އިންދަމުންދާކަން މިކައުންސިލައްވަނީ ފާހަގަކުރެވިފައެވެ. މިސަރަހައްދުތަކަކީ މިކައުންސިލުން ވަކިކަމަކަށް ކަނޑައަޅައި ސާފުކުރެވިފައިވާ ސަރަހައްދުތަކަކަށްވާތީ މިގޮތުގެމަތީން އިންދިފައިވާ ރުއް/ގަސް މިއަދުންފެށިގެން 7 ދުވަހުގެތެރޭގައި ނެގުމަށް އަންގާ އިޢުލާންކުރީމެވެ.

            މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަންދޫ ކައުންސިލް އިދާރާގެ ނަންބަރު 7980047 ފޯނާގުޅުއްވުންއެދެމެވެ.

                        ވީމާ، މިކަން އާންމުކޮށްއެންގުމަށް އިޢުލާނުކުރީމެވެ.

24 މާރިޗު 2019
ހޯދާ