މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
ޖިމް އިންސްޓްރަކްޓަރ

 

                                         ވަޒީފާގެ ފުރުޞަތު

 

 

މަޤާމުގެ ނަން:  ޖިމް އިންސްޓްރަކްޓަރ ( ކޮންޓްރެކްޓް)

މުސާރަ:  4000.00 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:  ވިލިމާލޭ އިޖުތިމާއީ މަރުކަޒު / މާލެ

ބޭނުންވާ އަދަދު: 2

މުއްދަތު: 15 އޭޕްރީލް 2019ން 15 އޭޕްރީލް  2020 ށް (އެއް އަހަރު ދުވަސް)

 މަސައްކަތް ކުރަންޖެހޭ ގަޑި:  ހަފުތާއަކު 6 ދުވަހު ކޮންމެ ދުވަހަކު 4 ގަޑިއިރު (ހުކުރު) ދުވަސް ފިޔަވައި

ޝަރުތު: ޖިމް އިންސްޓްރަކްޓަރ ކަމުގެ ސެޓްފިކެޓް އޮތުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

-          ކްލާހުގެ  މެމްބަރުންގެ ޙާޟިރީތައް ބެލެހެއްޓުން.

-          ކްލާހުގެ މެމްބަރުންނަށް ކަސްރަތު ކުރަންވީ ރަނގަޅުގޮތް ކިޔައި ދިނުން.

-          ހެދިފައިވާ ޢާއްމު ޤަވައިދުތަކަށް މެމްބަރުން އަމަލުކުރަމުން ގެންދޭތޯ ބެލުން.

-           

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ވަޒީފާ އަށް އެދޭފަރާތުގެ ކަމާގުޅޭ ސެޓްފިކެޓްތަކުގެ ކޮޕީ އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

 

  • ސުންގަޑި: 04 އޭޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އިޖުތިމާއީ މަރުކަޒު(  އެމް. ސީ. އެސް. އީ ) ބިލްޑިންގ މާފަންނު އަށް ސިޓީ އާއެކު ލިޔެކިޔުންތައް ހުށައެޅުއްވުން އެދެމެވެ.

 އިތުރު މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ 3323860، 3313912، 3329335

     

                      16 ރަޖަބު     1440

24 މާރިޗު 2019
ހޯދާ