ދިވެހިރާއްޖެ
އިޢުލާން ނަންބަރ:GS-188/IL/2019/05
ވަޒީފާގެ ފުރުޞަތު:
މަޤާމް: ރިލީފް ޓީޗަރ (ޕްރައިމަރީ) ބޭނުންވާ އަދަދު: 2
މަޤާމް ރިލީފް ޓީޗަރ (ސެން) ބޭނުންވާ އަދަދު: 1
މަޤާމް ރިލީފް ޓީޗަރ (އިސްލާމް) ބޭނުންވާ އަދަދު: 1
މަޤާމް ރިލީފް ޓީޗަރ (ފިޒިކަލް އެޑިއުކޭޝަން) ބޭނުންވާ އަދަދު: 1
މަޤާމް ރިލީފް ޓީޗަރ (ޕްރީސްކޫލް) ބޭނުންވާ އަދަދު: 1
މަޤާމް ރިލީފް ޓީޗަރ (ދިވެހި) ބޭނުންވާ އަދަދު: 1
ސެކްޝަން: އެކަޑަމިކް
ގިންތި: ކޮންޓްރެކްޓް
މުއްދަތު: 3 މަސް ދުވަސް
އޮފީސް: މުންޑޫ ސްކޫލް
ޝަރުތު:
1. ސާނަވީ ތަޢުލީމު ޙާޞިލްކޮށްފައިވުން. ނުވަތަ
2. މަތީ ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން. ނުވަތަ
3. ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން
ރިލީފް ޓީޗަރުންގެ އުޖޫރަ
މުވައްޒަފަށް އުޖޫރަ ދެވޭނީ، މުވައްޒަފުގެ އެންމެ މަތީ ތަޢުލީމީ ފެންވަރަށް ބެލުމަށްފަހު ތިރީގައި ބަޔާންކޮށްފައިވާ އުޖޫރައެވެ.
މުވައްޒަފުގެ އެންމެ މަތީ ތަޢުލީމީ ފެންވަރަކީ |
މުސާރަ (މަހަކު) |
ސަރވިސް އެލަވަންސް (މަހަކު) |
ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވާނަމަ |
4500.00 |
1500.00 |
މަތީ ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވާނަމަ |
5500.00 |
1500.00 |
ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވާނަމަ |
6090.00 |
2500.00 |
މަޤާމުގެ މަސްޢޫލިއްޔަތު: - ކިޔަވައިދިނުމަށް ރާވައި ކުރަންޖެހޭ އެންމެހާ ތައްޔާރީތައްކޮށް، ކިޔަވައިދިނުމާއި ދަރިވަރުން ކުރިއަރަމުންދާ މިންވަރު ވަޒަންކޮށް ބެލެހެއްޓުން. - އެއްވެސް ކުއްޖަކު ދޫކޮށްނުލައި ފަރުދީގޮތުން އެހީތެރިކަންދީގެން ކުރިއަށްގެންދަންޖެހޭ ކުދިންނަށް އެހީތެރިކަންދީގެން ދަރިވަރުން މުޤައްރަރުގެ ފެންވަރަށް ގެނައުން. - ކިޔަވައި ދިނުމުގައި ގެންނަންޖެހޭ ބަދަލުތައް ސުކޫލުން އަންގަވާ ގޮތެއްގެ މަތީން ގަނައުމާއި ކިޔަވައިދިނުމުގައި ސްކޫލުން ލިބެންހުރި ވަޞީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުން. - ކިޔަވައި ދިނުމުގެ އިތުރުން، ފަންނީ މުވައްޒަފެއްގެ ހައިސިއްޔަތުން ސްކޫލަށް އެއްބާރުލުންދިނުން. - ސްކޫލުން އަންގަވާ މުއްދަތެއްގެ ތެރޭގައި ސްކީމް އޮފް ވާރކާއި ޔުނިޓް ޕްލޭންތަކޢި ފިލާވަޅުތަކާއި އެސެސްމަންޓްތައް ތައްޔާރުކޮށް، ދަރިވަރުން އެސެސްކޮށް ރިޕޯޓް ފޮތްތައް އަޕްޑޭޓްކުރުން. - ކިޔަވައި ދިނުމާއި ދަރިވަރުންގެ ކުރިއެރުމާއި ގުޅޭގޮތުން ސްކޫލުން ކަނޑައަޅާފައިހުންނަ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ޙަވާލުކުރެވިފައިވާ މަސައްކަތްތައްކޮށް ކަނޑައަޅުއްވާ ސުންސިކުންތައް ނިންމުން. - ދަރިވަރުންގެ އުޅުމާއި ކިޔެވުމަށް އަންނަ ބަދަލުތަކާބެހޭ މަޢުލޫމާތު ބެލެނިވެރިންނާއި ސްކޫލްގެ ކަމާބެހޭ ފަރާތްތަކަށް އެންގުން. - ދަރިވަރުންގެ ކުރިއެރުމަށް ސްކޫލުން ހިންގާ އެންމެހާ ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވުން. - މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ތަޢުލީމީ ސިޔާސަތު ދެމެހެއްޓުން. - ދަރިވަރުންނަށް ތަޢުލީމީ ލަނޑުދަނޑިތައް ޙާޞިލްވަމުންދާކަމާއި، ދަރިވަރުންގެ ކިބައިގައި ދީނީ، އަދި ރަނގަޅު އަޚްލާޤި އާދަތައް ހަރުލެއްވެމުންދާކަން ކަށަވަރުކުރުން. - ރިލީފްގަޑި ނެގުން. - ސްކޫލްގައި ހިންގާ ކްލަބު ޖަމްޢިއްޔާތަކުގެ ޙަރަކާތްތައް ރާވާ ހިންގުން. - ކިޔަވައިދޭ މާއްދާއާއި ގުޅޭގޮތުން އިތުރު މުއްސަނދިކަމެއް ( ރިސޯސް ) ބޭނުންވާ ޙާލަތުގައި ސްކޫލްގެ ވެރިންގެ ލަފަޔާއި އިރުޝާދުގެ މަތިން އެފަދަ ކަންތައްތައް ކޯޑިނޭޓްކުރުން. - ސްކޫލްގެ ފަރާތުން އިންތިޒާމްކުރާ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޙަރަކާތްތަކުގައި ބައިވެރިވުން. - މުދައްރިސުންގެ ފަންނީ ޤާބިލްކަން އިތުރުކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ދާއިރާގެ މުއައްސަސާތަކުން ބާއްވާ ޙަރަކާތްތަކުގައި ބައިވެރިވުމަށް ލިބޭ ފުރުސަތުތަކުގައި ބައިވެރިވުން. - ތަޢުލީމީ ދާއިރާ ހަރުދަނާ ކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރާ މަސައްކަތުގައި ބައިވެރިވުމަށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެދިއްޖެނަމަ، އެމަސައްކަތުގައި ބައިވެރިވެ، އެއްބާރުލުން ދިނުން.
|
ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެކަންތައްތައް - ޙާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން - މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން - ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން |
އިންޓަރވިއުކުރުން * މިމަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 03 އޭޕްރިލް 2019 ވާ ބުދަ ދުވަހު މި ސްކޫލްގައެވެ. |
ހުށައަޅަންޖެހޭ ލިޔުންތައް * ވަޒީފާއަށް އެދިހުށަހަޅާ ފޯމު * ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ * ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ކޮޕީ * ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް ) މަޤާމަށް އެދެންވީގޮތާއި ސުންގަޑި: ވަޒީފާއަށް އެދޭ ފޯމު މި ސުކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި މި ސިވިލް ސަރވިސް ކޮމިޝަނުގެ (www.csc.gov.mv) ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ (02 އޭޕްރީލް 2019) ވާ (އަންގާރަ) ދުވަހުގެ (12:00) ގެ ކުރިން، މުންޑޫ ސްކޫލް އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، ([email protected])އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. ނޯޓް: މިއިޢުލާނާއި ގުޅިގެން މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެމަތީމާރކްސްލިބޭ، އަދި އެންމެ ޤާބިލްކަމަށްފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ނަންބަރ: 6800741/7532152 ފޯނާއި ގުޅުއްވުން އެދެމެވެ. |
25 މާރިޗު 2019