ދިވެހިރާއްޖެ
އިޢުލާން
އައިޓީއާއި ގުޅޭހާރޑްވެއަރ ހޯދަން ބޭނުންވެއްޖެ:
މި އޮތޯރިޓީގެ އިޢުލާން ނަމްބަރ IUL)-201-B/1/2019/05) ގައި މި އޮތޯރިޓީގެ ބޭނުމަށް އައިޓީއާއިގުޅޭ ތަކެތި ހޯދުމަށް ކުރި އިޢުލާނާއި ގުޅިގެން ހުށައެޅި އަންދާސީ ހިސާބުތަށް މަދުކަމަށް ފެންނާތީ، އެ އިޢުލާނު ބާޠިލްކޮށް އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި އޮތޯރިޓީގެ ބޭނުމަށް އައިޓީއާއި ގުޅޭ ތަކެތި ގަތުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 މާރިޗު 2019 ވާ އަންގާރަ ދުވަހުގެ 14:00 އަށް މި އޮތޯރިޓީއަށް (ވެލާނާގެ 11 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 02 އޭޕްރިލް 2019 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި އޮތޯރިޓީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާންޖެހޭ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް، މިއޮތޯރިޓީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވާފައިވާ ފަރާތްތަކަށެވެ.
24 މާރިޗު 2019