އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 ގެ އޮބްޒާރވަރުން،މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ރިސޯޓުތަކާއި،ސިނާޢީ ސަރަހައްދުތައް އަދި ޖަލުތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކަށްފުރުޞަތު ހުޅުވާލުން

ނަންބަރު: A)CB-2019/152)

އިޢުލާން

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 ގެ އޮބްޒާރވަރުން،މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ރިސޯޓުތަކާއި،ސިނާޢީ ސަރަހައްދުތައް އަދި ޖަލުތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކަށްފުރުޞަތު ހުޅުވާލުން

2019 އޭޕްރީލް 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އޮބްޒާވަރުން، މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ރިސޯޓުތަކާއި، ސިނާޢީ ސަރަހައްދުތައް އަދި ޖަލުތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އެތަންތަނުގައި އޮބްޒާރވް އަދި މޮނިޓަރުކުރުމަށް ހުއްދަ ނަގަން ޖެހޭތީ  އޮބްޒާރވަރުން، މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި މިހާރު އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މި ތަންތަނުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ފަރާތްތަކުގެ މަޢުލޫމާތު  (ނަމާއި، އައިޑީ ކާޑު ނަންބަރު އަދި ގުޅޭނެ މޯބައިލް ނަންބަރު) ހިމެނޭ ސިޓީއެއް 31 މާރިޗު 2019 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި ކޮމިޝަނަށް ފޮނުއްވައި ދެއްވުން އެދެމެވެ. މި ސިޓީ ނުފޮނުއްވާނަމަ، މި ތަންތަނުގައި އޮބްޒާރވަރުންނާއި، މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންނަށް ހަރަކާތްތެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 ރަޖަބު 1440

24 މާރިޗު 2019
ހޯދާ