ދިވެހިރާއްޖެ
c
ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ގދ. ތިނަދޫ، ދިވެހިރާއްޖެ
ނަންބަރ: 02 ASMH/MSS/IUL/2019/
އިޢުލާން
ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް އޮޕަރޭޝަން ތިއޭޓަރުގައި އެކޯސްޓިކް ސީލިންގކުރަން ބޭނުންވެއްޖެ:
ޑރ.ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް އޮޕަރޭޝަން ތިއޭޓަރުގައި މިހާރު އަޅާފައިވާ ސީލިންގ ނަގާ އަލުން އެކޯސްޓިކް ސީލިންގ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 31 މާރިޗު 2019 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 09 އޭޕްރީލް 2019 ވާ އަންގާރަ ދުވަހުގެ 13:00 އަށް ޑރ.ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތުގެ އަންދާސީ ހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.
17 ޜަޖަބް 1440
24 މާރިޗު 2019
އާމިނަތު އަބްދުލްޙަކީމް
އ.ޑިރެކްޓަރ