ދިވެހިރާއްޖެ
ނަންބަރު: 14/2019/(IUL)P2C
އިޢުލާން
ގއ.ދެއްވަދޫ މެޖިސްޓްރޭޓު ކޯޓު މަރާމާތް ކުރުން
ގއ.ދެއްވަދޫ މެޖިސްޓްރޭޓު ކޯޓު މަރާމާތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު 09/2019/(IUL)P2C އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފްކުރަން ވަޑައިގެންނެވި ފަރާތްތައް މަދުކަމަށް ފެންނާތީ އެއިޢުލާން ބާޠިލް އަލުން އިޢުލާން ކުރަމެވެ.
ވީމާ، އަމިއްލަތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 31 މާރޗު 2019 ވާ އާދިއްތަ ދުވަހުގެ 13:45 އަށް މިކޯޓަށް ނުވަތަ ގއ.ދެއްވަދޫ މެޖިސްޓްރޭޓު ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 08 އޭޕްރީލް 2019 ވާ ހޯމަ ދުވަހުގެ 13:45 އަށް މަޢުލޫމާތު ނެންގެވި ކޯޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބަލައިނުގަނަވޭނެ ވާހަކަދެންނެވީމެވެ.