ދިވެހިރާއްޖެ
މަޤާމް: |
އެސިސްޓެންޓް މުނިސިޕަލް ސަރވިސް އޮފިސަރ |
މަގާމުގެ ނަމްބަރު: |
J.306607 |
ބޭނުންވާ ޢަދަދު: |
1 (އެކެއް) |
މަޤާމުގެ ގިންތި: |
ވަގުތީ (24 މަސްދުވަހަށް) |
މަގާމުގެ ރޭންކް: |
ޖީ.އެސް - 3 |
މަގާމުގެ ކްލެސިފިކޭޝން: |
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
އއ. ރަސްދޫ ކައުންސިލްގެ އިދާރާ |
މުސާރަ: |
4,465/- ރުފިޔާ. |
ސަރވިސް އެލެވަންސް : |
1,500/- ރުފިޔާ. |
ސްޕޯޓިންގ ކޯ އެލަވަންސް: |
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސްތަކަށް 1 އޭޕްރީލް 2018 ގެ 6 ވަނަ އިސްލާޙުގެ G208 ޓެކްނިކަލް ކޯ އެލަވަންސް މި މާއްދާގެ (ނ) ގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ސިވިލް ސަރވިސްގެ ކޮންޓްރެކްޓް މުވައްޒަފުންނަށް މި އެލަވަންސް ނުދެވޭނެކަމަށް ބަޔާންކޮށްފައިވާތީ މި މަޤާމުގައި ހުންނަވާ ފަރާތަކަށް މި އެލަވަންސް އެއް ނުދެވޭނެއެވެ. |
އެހެނިހެން އެލެވަންސް: |
އިތުރުގަޑީގައި މަސައްކަތެއް ކުރައްވައިފިނަމަ ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދާ އެއްގޮތަށް އިތުރު ގަޑީގެފައިސާ ދެވޭނެއެވެ. އަދި ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދާ އެއްގޮތަށް ރަމަޟާން މަހުގެ މުނާސަބަތުގައި ދޭ ޚާއްޞަ އިނާޔަތް ދެވޭނެއެވެ. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
1- ފަޅާއި، ބަނދަރު އަދި އިޖުތިމާޢީ ސަރަޙައްދުތަކާއި، މަގުތަކާއި، ކުޅިވަރު ކުޅޭތަންތަން ސާފުކޮށް ބެލެހެއްޓުމާއި، އެތަންތަން ބޭނުންކުރާނޭ ގޮތުގެ ޤަވާޢިދާ ،އުޞޫލް ހެދުމާބެހޭ ކަންކަމާއި، އިޖްތިމާޢީ ޙަރަކާތްތަކާއި، ފާހަގަ ކުރަންޖެހޭ ދުވަސްތަކާއި މުނާސަބަތުތައް ފާހަގަކުރުމާބެހޭ ކަންކަން ކުރުން. 2- އުފަންވާ ކުދިންނާއި، މަރުވާ މީހުންގެ ރެކޯޑުތައް ބެލެހެއްޓުމާއި، ރަށުގެ ތަފާސް ހިސާބު ނަގައި ބެލެހެއްޓުމާއި، ރަށްވެހިންގެ ރަޖިސްޓްރީގައި ރަށްވެހިވެފައިވާ މީހުންނާއި، ރަށްވެހިނުވެ އުޅޭ މީހުންނާއި ، ރަށުގައި އުޅޭ ބިދޭސީންނާބެހޭ ކަންކަން ކުރުން 3- ކައުންސިލުގެ ބެލުމުގެ ދަށުން ޚިދުމަތްދޭ ތަންތަނާއި، ކައުންސިލްގެ އުޅަނދުފަހަރާއި ރަށުގެ މަގުތަކާއި، ޕާކްތައް އަދި މިނޫނަސް އިޖުތިމާއީ ސަރަޙައްދު ތަކުގައިހުރި މުހިންމު ތަންތަނަށް ނަންދިނުމާއި، ނަން ބަދަލުކުރުމާއި، މަގާއި، ޕާކުތަކާއި، މައިދާންފަދަ ތަންތަން ވަގުތީގޮތުން ނުވަތަ ދާއިމީގޮތުން ހުޅުވުމާއި ބަންދުކުރުމާބެހޭ އެންމެހައި ކަންކަންކޮށް މިތަންތަން ބެލެހެއްޓުން 4- ރަށުގައި ޤާއިމް ކޮށްފައިވާ ނަރުދަމާއާއި، ބޯފެނާއި، ކުނިނައްތާލުމާގުޅޭގޮތުން ހަދަންޖެހޭ ޤަވާޢިދުތަކާއި، އުޞޫލް ތައް ހެދުމާއި، އެކަންކަމާގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ހިންގާ ބެލެހެއްޓުން 5- ރަށުގެ ލައިބްރަރީ ހިންގުމާއި، ރަށުގެ ރަސްމީ ލިޔުންތައް އަރުޞީފުކުރުމާއި، ތާރީޚީ އަދި ޤަދީމީ ލިޔެކިއުންތަކާބެހޭ ކަންކަން ކުރުން 6- ނެރު ބައްތި މަގު ބައްތި އަދި ބަނދަރު ބައްތިތަކާއި، ކުޅިވަރުކުޅޭތަންތަނާއި، އިޖުތިމާޢީ ތަންތަނުގައި ޖަހާފައިވާ ބައްތިތަކާބެހޭ ކަންކަން ހިންގާ ބެލެހެއްޓުން 7- އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އާބެހޭ ކަންކަމާއި، ކްލަބް، ޖަމުޢިއްޔާތަކާބެހޭ ކަންކަމާއި،ކޭބަލް ޓީވީ ގެ ޚިދުމަތް ދިނުމާބެހޭގޮތުން ހުށަހެޅޭ މައްސަލަތައް ބަލާ ހިންގާ ބެލެހެއްޓުން 8- ކައުންސިލް އިދާރާއިން ކުރިއަށްގެންދާ ޚާާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ކައުންސިލް އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން. |
މަޤާމުގެ ޝަރުޠުތައް: |
1- ސާނަވީ ނުވަތަ އެ އާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |
||||
ގުޅޭ ވަޒީފާގެ ދާއިރާތައް: |
މުނިސިޕަލް ސާވިސަސްގެ ދާއިރާއިން. |
||||
ހުށަހަޅަންޖެހޭ ލިއުންތައް: |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ. (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮޔް އަންގައިދޭ ރިފަރެންސް ޗެކް ފޯމް. |
||||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
ދާއިރާ |
|
މާކްސް |
އިންސައްތަ % |
ކެޓެގަރީގެޖުމްލަ އިންސައްތަ |
ތަޢުލީމާއި،ތަމްރީން: |
ލިބިފައިވާ ތަޢުލީމް |
35 |
35 |
40 |
|
މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ތަމްރީން. |
30 |
5 |
|||
އިމްތިޙާން: |
ސިވިލް ސަރވިސްގެ ވަޒީފާއަށްވަނުމަށް ދެވޭ އިމްތިޚާން |
12 |
5 |
5 |
|
މަސައްކަތު ތަޖްރިބާ: |
މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅެ ތަޖުރިބާ |
33 |
10 |
10 |
|
ލިބިފައިވާ ހުނަރު: |
އިންޓަރވިއު/ޕްރެޒެންޓޭޝަން/ޕްރެކްޓިކަލް |
100 |
45 |
45 |
|
ޖުމްލަ: |
210 |
100 |
100 |
||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 01 އޭޕްރީލް 2019 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، އއ. ރަސްދޫ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] ފެކްސް (6660714) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފައަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
||||
އިންޓަވިއު އޮންނާނެތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 02 އޭޕްރީލް 2019 އާއި، 22 އޭޕްރީލް 2019 އާ ދެމެދު، އއ. ރަސްދޫ ކައުންސިލް އިދާރާގެ ކޮންފްރެންސް ހޯލުގައެވެ. |
||||
ޝޯޓް ލިސްޓްކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
||||
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6660714 އަށެވެ. ފެކްސް ކުރާނެ ނަމްބަރަކީ، 6660714 އެވެ. އީ.މެއިން އެޑްރެސް [email protected] އަށެވެ. |