މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާ ފުރުޞަތު

މަޤާމް:               ޑިރެކްޓަރ ޖެނެރަލް

މަޤާމުގެ ނަންބަރު:         250197

 ބޭނުންވާ ޢަދަދު:         1

ގިންތި:               ދާއިމީ

ރޭންކް:               އީ.އެކްސް.5

މަޤާމުގެ ކްލެސިފިކޭޝަން:    ޓެކްނިކަލް ޑިރެކްޓަރ ޖެނެރަލް   

އޮފީސް:              މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް  އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ ސެކްޝަން:      އެގްރިކަލްޗަރ ޑިޕާރޓްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:   މިނިސްޓްރީ/މާލެ

މުސާރ:               -/13890 ރުފިޔާ

ސަރވިސް އެލަވަންސް:      -/2000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35

ޓެކްނިކަލް ކޯ އެލަވަންސް:    20/3889 ރުފިޔާ

 

       މަޤާމުގެ ޝަރުތު        

1- އެގްރިކަލްޗަރ ދާއިރާއަކުން ނުވަތަ އެގްރޯޓެކްނޮލޮޖީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 

2- އެގްރިކަލްޗަރ ދާއިރާއަކުން ނުވަތަ އެގްރޯޓެކްނޮލޮޖީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ދަނޑުވެރިކަމުގެ މަޝްރޫޢުތަކާއި ޕްރޮގްރާމްތައް ރާވާ ހިންގުން.
  • ދަނޑުވެރިކަމުގެ ޤައުމީ ސިޔާސަތުގެ ދަށުން ދަނޑުވެރިކަން ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިޔަށްދާގޮތް ތަރުތީބުކޮށް ހިންގާ ބެލެހެއްޓުން.
  • ދަނޑުވެރިކަމާގުޅޭ ގުދުރަތީ ވަޞީލަތްތައް ދަމަހައްޓާ ތަރައްޤީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގުމުގެ އެންމެހައި ކަންތައްތައް ހިންގުމުގެ އެންމެހައި ކަންތައް ކުރުން.
  • ދަނޑުވެރިކަމުގެ ޤާނޫނުތަކާއި ޤަވާއިދުތައް ތަންފީޒުކުރުމުގެ އިންތިޒާމުތައް ރާވާ ހިންގުމުގެ ކަންތައް ބެލެހެއްޓުން.
  • ދަނޑުވެރިކަމާއި ގުޅުންހުރި މެނޭޖްމެންޓް ޕްލޭންތައް އެކުލަވާލުމުގައި ފަންނީ ލަފާ ދިނުމާއި އެ ޕްލޭންތައް ތަންފީޒުކުރުމުގެ ކަންތައް ކުރިއަށް ގެންދިއުން.
  • ދަނޑުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ހިންގާ މަޝްރުޢުތަކުގެ މަސައްކަތްތައް ހިންގާ ނުހިނގާގޮތް ބެލުމާއި، އިންސާނީ ވަޞީލަތް ތަރައްގީ ކުރުމަށް ކުރެވޭ މަސައްކަތްތަކަށް ފަންނީ ލަފާދިނުމާއި، މަސައްކަތްތައް ކުރިއަށްދާގޮތް މޮނިޓަރކޮށް ބެލެހެއްޓުން.
  • ދަނޑުވެރިކަމާގުޅޭ ފަންނީ ދިރާސާތައް ރާވާ ހިންގުމަށް އެހީތެރިވެދިނުމާއި މިފަދަ ދިރާސާތައް އާންމުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތް ކުރުން.
  • އެގްރިކަލްޗަރ ޑިޕާރޓްމަންޓްގެ އެކްޝަން ޕްލޭންގައިވާ ކަންކަން ރޭވުމާއި ހިންގުމުގައި ސެކްޝަންތަކާ ވިލަރެސް ކުރުމާއި ޕްލޭންތައް ތަންފީޒުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  • އެގްރިކަލްޗަރ ޑިޕާރޓްމަންޓްގައި ދުވަހުން ދުވަހަށް ހިންގާ މަސައްކަތްތައް ބަލާ މޮނިޓަރކޮށް ހިންގުން.
  • އެގްރިކަލްޗަރ ޑިޕާރޓްމަންޓްގެ ޔައުމިއްޔާގެ ކަންތައްތައް ބެލެހެއްޓުމާއި، ރިޕޯރޓްތައް ތައްޔާރު ކުރުމާއި ފޮނުވުން ފަދަ އިދާރީ ހުރިހާ ކަމެއް ރާވާ ހިންގުން.
  • އެގްރިކަލްޗަރ ދާއިރާއާ ގުޅުންހުރި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގައި ދާއިރާގެ އިސްވެރިއެއްގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން.
  • އެގްރިކަލްޗަރ ޑިޕާރޓްމަންޓްގެ އެކިއެކި ސެކްޝަންތައް ގުޅިގެން މަސައްކަތް ކުރެވޭ އިންތިޒާމް ހަމަޖެއްސުން.

 

  • ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ލިބިފައިވާ ތަޢުލީމާއި، ތަމްރީން

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ

- ޤާނޫނާއި ޤަވާޢިދުތަކަށް އަހުލުވެރި މިންވަރު،

 

މި މަގާމަށް މީހަކު ހޮވުމުގައި ބާއްވާ އިންޓަރވިއު

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއުއާއި، ޕްރެޒެންޓޭޝަން، އަދި އިމްތިހާނު ކުރުން ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 15 ދުވަހުގެ ތެރޭގައި މި މިނިސްޓްރީގައި ނުވަތަ މި މިނިސްޓްރީން ކަނޑައަޅާތަނެއްގައި އޮންނާނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

1- ފުރިހަމަކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މިފޯމް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި  ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް:

4- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމަކާއި ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ކޮޕީ.

6- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓްގެ ކޮޕީ.

8- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތު މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމް މި މި މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓް www.fishagri.gov.mv ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުން މި ފޯމް ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ  ތަކެތި ހުށަހަޅާނީ 2019 އޭޕްރީލް 03 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ (ހ. ވެލާނާގެ 7 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

 

ޝޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖްރިބާއށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3339241/3339244 ފޯނާއި ގުޅުއްވުން އެދެމެވެ.

   17 ޞަފަރު    1440

24 މާރިޗު 2019
ހޯދާ