ދިވެހިރާއްޖެ
ނަންބަރު: 12/2019/(IUL)P2C
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ.
ގއ.ނިލަންދޫ މެޖިސްޓްރޭޓު ކޯޓުގެ ދޮރުފޮތި ފަހައިދޭނެ ފަރާތެއް ހޯދަން ކުރެވުނު މިކޯޓުގެ ނަންބަރު 08/2019/(IUL)P2C އިޢުލާނާއި ގުޅިގެން މަޢޫލޫމާތު ސާފްކުރި ފަރާތްތައް މަދުކަމަށް ފެންނާތީ މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާން ކުރަމެވެ.
ވީމާ، އަމިއްލަތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 28 މާރޗު 2019 ވާ ބްރާސްފަތި ދުވަހުގެ 13:45 އަށް ގއ.ނިލަންދޫ މެޖިސްޓްރޭޓު ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 07 އޭޕްރީލް 2019 ވާ އާދިއްތަ ދުވަހުގެ 13:45 އަށް ގއ.ނިލަނދޫ މެޖިސްޓްރޭޓު ކޯޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބަލައިނުގަނަވޭނެ ވާހަކަދެންނެވީމެވެ.