ދިވެހިރާއްޖެ
މަޤާމު: |
ބޭނުންވާ ޢަދަދު: |
ރިލީފް ޓީޗަރ (ޕްރައިމަރީ) |
2 |
ރިލީފް ޓީޗަރ (ޕްރީސްކޫލް) |
2 |
ރިލީފް ޓީޗަރ (ޤުރުޢާން) |
1 |
އޮފީސް: |
މުއްދަތު: |
ގިންތި: |
ސެކްޝަން: |
ބުރުނީ ސްކޫލް |
3 މަސް ދުވަސް |
ވޭޖު |
އެކަޑަމިކް |
ޝަރުތު:
- ސާނަވީ ތަޢުލީމު ޙާޞިލްކޮށްފައިވުން. ނުވަތަ
- މަތީ ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން. ނުވަތަ
- ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލުކުރުން.
ރިލީފް ޓީޗަރގެ އުޖޫރަ:
މުވައްޒަފަށް އުޖޫރަ ދެވޭނީ، މުވައްޒަފުގެ އެންމެ މަތީ ތަޢުލީމީ ފެންވަރަށް ބެލުމަށްފަހު ތިރީގައި ބަޔާންކޮށްފައިވާ އުޖޫރައެވެ.
މުވައްޒަފުގެ އެންމެ މަތީ ތަޢުލީމީ ފެންވަރަކީ |
މުސާރަ (މަހަކު) |
ސަރވިސް އެލަވަންސް (މަހަކު) |
ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވާނަމަ |
4500.00 |
1500.00 |
މަތީ ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވާނަމަ |
5500.00 |
1500.00 |
ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވާނަމަ |
6090.00 |
2500.00 |
މަޤާމުގެ މަސްޢޫލިއްޔަތު:
- ހަވާލުކުރެވޭ ތާވަލާ އެއްގޮތަށް ކުލާސްތަކަށް ހާޒިރުވެ، ''ސްކީމް އޮފް ވާރކް'' ގައިވާގޮތަށް، މަންހަޖުގައި ބަޔާންކުރެވިފައިވާ ކަންތައްތައް ދަރިވަރުންނަށް ހާސިލުކޮށްދިނުން.
- ޓީޗަރެއްގެ ހައިސިއްޔަތުން ހަވާލުކުރެވޭ އެންމެހައި ޒިންމާތައް އަދާކުރުން.
- ފެންވަރާއި ހުނަރުގެގޮތުން ތަފާތު ކުދިންނަށް އަމާޒުކޮށްގެން އުނގަންނައިދިނުން.
- ކިޔަވައިދިނުމާ ގުޅުންހުރި ފަހުގެ ހޯދުންތަކާއި ޓެކްނޮލޮޖީއަށް އަހުލުވެރިވުމާއި، އަމިއްލަ ތަރައްޤީއަށް މަސައްކަތްކުރުން.
- ސްކޫލުގެ ދަރިވަރުންގެ އަޚުލާޤާއި، ސްލޫކާއި، ކިޔެވުމުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުން.
- ދިވެހި ސަރުކާރުގެ ގަވާއިދުތަކާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުތަކާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ސްކޫލުގެ ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުން.ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެކަންތައްތައް
- ޙާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެންއިންޓަރވިއުކުރުން
- މިމަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ އިޢުލާންގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން، ރަސްމީ 5 ދުވަހުގެ ތެރޭގައެވެ.ހުށައަޅަންޖެހޭ ލިޔުންތައް
* ވަޒީފާއަށް އެދިހުށަހަޅާ ފޯމު (ވަޒީފާއަށް އެދޭ ފޯމު ސިވިލް ސަރވިސްގެ ވެބް ސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ސްކޫލް އޮފީހުން ލިބެން ހުންނާނެއެވެ.)
* ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
* ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީއެއް
* ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ ( ގުޅޭނެ ނަންބަރާއިއެކު )
ތަކެތި ހުށައަޅަންޖެހޭ އޮފީސް
މިވަޒީފާއަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅުއްވާނީ ބުރުނީ ސްކޫލް އޮފީހުގެ އެޑްމިން ބަޔަށެވެ. ފޯމާއި ތަކެތި ހުށައެޅުމުގެ ސުންގަޑިއަކީ 31 މާރޗް 2019 ވާ އާދީއްތަ ދުވަހުގެ 12:30 ގެ ކުރިންނެވެ.
ނޯޓް:
މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ނަންބަރ: 6780551 ފޯނާއި ގުޅުއްވުން އެދެމެވެ.