ދިވެހިރާއްޖެ
`
ނެއްލައިދޫ ސްކޫލް
ހދ.ނެއްލައިދޫ ،ދިވެހިރާއްޖެ. ނަންބަރު : GS93/I/2019/13
އިޢުލާން.
އަންދާސީ ހިސާބު ބޭނުންވެއްޖެ.
މިސްކޫލުގެ ތިރީގައި މިދަންނަވާ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- ސްޓާފް ރޫމް މަރާމާތުކުރުން
މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2019 މާރިޗު 26 ވާ އަންގާރަދުވަހުގެ ހެނދުނު 10.00 ގައި މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 2019 އެޕްރީލު 04 ވާ ބުރާސްފަތި ދުވަހު ހެނދުނު 10.00 އަށް މިސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފްކުރުން އޮންނަދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފްކުރާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް މިސްކޫލުގެ ނަންބަރު 6520534 ފޯނާއި ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
21 މާރިޗު 2019
14 ރަޖަބު 1440