އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

            ނަންބަރު:IUL)32-A4-CP/1/2019/19)

 

އިޢުލާނު

 

މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް

ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

 

ޤާނޫނު ނަންބަރު 2013/10 (އާބިޓްރޭޝަންގެ ޤާނޫނު) ގެ 75 ވަނަ މާއްދާގައި ބަޔާންކުރާ މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު، 24 މާރިޗު 2019 ވާ އާދީއްތަ ދުވަހުގެ ހެނދުނު 8:30 އިން ފެށިގެން 31 މާރިޗު 2019 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށް ހުޅުވާލައި، އެކަން އިޢުލާނުކުރަމެވެ.

 

ޤާނޫނު ނަންބަރު 2013/10 (އާބިޓްރޭޝަންގެ ޤާނޫނު) ގެ 77 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ، އަންނަނިވި ޝަރުޠުތައް މި މަޤާމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ފުރިހަމަވާންވާނެއެވެ.

 

(ހ)

ޢުމުރުން ތިރީސް އަހަރު ފުރިފައިވުން؛

(ށ)

ޚިޔާނާތުގެ ކުށް ނުވަތަ މަކަރާއި ޙީލަތުގެ ކުށް ނުވަތަ ކޮރަޕްޝަންގެ ކުށް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން؛

(ނ)

ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައިވާނަމަ، އެ ކުށުގެ އަދަބު ތަންފީޛުކޮށް ނިމުނު ފަހުން ނުވަތަ އެ ކުށުގެ އަދަބު މަޢާފުކޮށްދިން ފަހުން
5 (ފަހެއް) އަހަރު ވެފައިވުން؛

(ރ)

އެމީހެއްގެ މާލީ މަޞްލަޙަތުތައް ހުރިގޮތުން ނުވަތަ އެނޫންވެސް މަޞްލަޙަތުތައް ހުރިގޮތުން ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަން ކުރުމަށް ހުރަހެއް އޮތް މީހަކު ކަމުގައިނުވުން.

 

މަތީގައި ބަޔާންކޮށްފައިވާ ޝަރުޠުތަކުގެ އިތުރުން، ޤާނޫނު ނަންބަރު 2013/10 (އާބިޓްރޭޝަންގެ ޤާނޫނު) ގެ 77 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން، މި މަޤާމަށް ކުރިމަތިލާ މީހެއްގެ ވޭތުވެދިޔަ 10 (ދިހައެއް) އަހަރު ދުވަހުގެ ޚިދުމަތަށް ބަލާއިރު، އާބިޓްރޭޝަން ސެންޓަރުގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނުމަށް ބޭނުންވާ ޢިލްމާއި ތަޖުރިބާއާއި ހުނަރު ހުރި މީހެއްކަން ކަށަވަރުކުރެވޭނެއެވެ.

 

ވީމާ، މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، 24 މާރިޗު 2019 ވާ އާދީއްތަ ދުވަހުން ފެށިގެން 31 މާރިޗު  2019 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސް ދުވަހުގެ ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށް އެޓަރނީ ޖެނެރަލްގެ އޮފީހަށް އަންނަނިވި ލިޔުންތަކާއެކު ހުށަހެޅުއްވުން އެދެމެވެ.

 

  1. މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު

2.  މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ މީހާގެ އިޤްރާރު

3.  ފުރިހަމަކޮށްފައިވާ ކުށުގެ ރިކޯޑު ފޯމު

 

މެންބަރުކަމަށް ކުރިމަތި ލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށުގެ ރެކޯޑް ފޯމު https://bit.ly/2HJsfjT މި ލިންކްއިން ލިބިވަޑައިގަންނަވާނެއެވެ.

 

               13 ރަޖަބު 1440

20 މާރިޗު 2019
ހޯދާ