ދިވެހިރާއްޖެ
އިޢުލާން
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019ގައި އަމިއްލަގޮތުން ވާދަކުރާ ކެންޑިޑޭޓުންނާ ބައްދަލުކުރުން
06 އޭޕްރީލް 2019 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ޤާނޫނު (ޤާނޫނު ނަންބަރު 6/2008) ގެ 2 ވަނަ މާއްދާގެ (ހ) އަދި (ށ) ގައިވާ ފަދައިންނާއި، ހަމަ މިޤާނޫނުގެ 20 ވަނަ މާއްދާގެ (ބ) އަދި (މ) ގައިވާ ފަދައިން ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވޯޓު ދިނުމުގެ ޙައްޤު ރައްޔިތުންނަށް ފުރިހަމައަށް، އެއްވެސް ނުފޫޒެއްނެތި ލިބިދޭތޯ ބެލުމަށާއި މި އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބެއްތޯ ކަށަވަރުކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮބްޒާރވްކުރުމުގެ މަސައްކަތް މި ކޮމިޝަނުން ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.
އިންތިޚާބު އޮބްޒަރވް ކުރުމުގައި މި ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އިންތިޚާބާ ގުޅުންހުރި ފަރާތްތަކާއެކު ބާއްވަމުންދާ ބައްދަލުވުންތަކުގެ ތެރޭގައި އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރާ ކެންޑިޑޭޓުންނާވެސް އިންތިޚާބުގެ ކުރިން ބައްދަލު ކުރުމަށްވަނީ ރާވާފައެވެ. މިގޮތުން އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރާ ކެންޑިޑޭޓުން، ނުވަތަ އެ ކެންޑިޑޭޓެއްގެ ބަދަލުގައި ހަމަޖައްސަވާ ފަރާތެއް މި ބައްދަލުވުމުގައި ބައިވެރިވުމަށް ދަޢުވަތު އަރުވައި، ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ނަން ނޯޓުކުރުމަށް ހުޅުވާލަމެވެ.
ނަން ނޯޓު ކުރެއްވުމަށް ގުޅުއްވާނީ ފޯނުން 3003199 ނުވަތަ 3003131، 2019 މާރިޗު 20 އިން 21 އަށް، ރަސްމީ ގަޑީގައެވެ. އީމެއިލް އިންނަމަ ފޮނުއްވާނީ [email protected] އަށެވެ.
ބައްދަލުވުން ބާއްވާނެ ތަން، ތާރީޚް، އަދި ވަޤުތު ކެންޑިޑޭޓުންނަށް އެންގޭނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.