ދިވެހިރާއްޖެ
މި ރަށު ސްޕޯޓްސް އެރީނާ ތެރޭގައި ހެދުމަށް ހަމަޖެހިފައިވާ ފުޓްސަލް ދަނޑުގެ ބިމުގައި ހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދުމަށްޓަކައި މިއިދާރާގެ ނަންބަރު: (IUL)301/301/2019/8 (10-03-2019) އިޢްލާނު ކުރެވުނެވެ. ނަމަވެސް މިޢިޢްލާނަށް އިޖާބަ ދީފައިވަނީ މަދުފަރާތްތަކަކުން ކަމަށްވެފައި މިސަރަޙައްދުގައި ހުރި ރުއްގަހަށް ބަލައި އިތުރު ފުރުސަތެއް ދިނުމަށް ބޭނުނެވެއެވެ. މިކަމަކީ ވަރަށް މުހިއްމު ކަމަކަށްވެފައި މަސައްކަތް ފެށުމުގެ ތައްޔާރީތައް ހިނގަމުންދާތީ، ޚާއްސަ ސަމާލުކަމެއް ދެއްވައި މިސަރަޙައްދުގައިވާ ރުއްގަހުގެ ވެރިއަކު ހުރިނަމަ ލަސްނުކުރައްވާ އެތަނުގައި ހުރި ރުއްގަސްތަކުގެ ވެރިފަރާތްކަން އަންގައިދޭ ލިޔެކިޔުން (ރުއްގަހުގެ މިލްކު ސާބިތު ކުރި ފަތް) ހުށަހަޅައި ދެއްވުމަށް ދަންނަވަމެވެ. މިއިޢްލާނުގެ މުއްދަތު ހަމަވާއިރު، އެސަރަޙައްދުގައި ހުރި އެއްވެސް މީހެއްގެ ރުއްގަހުގެ ގޮތުގައި ލިޔުން ހުށަހަޅާފައި ނުވާ ރުއްގަސް ނައްތައް އިތުރު ފުރުސަތެއް ދިނުމަކާއި ނުލައި ނައްތާލެވޭނެ ކަމުގައި ދަންނަވަމެވެ.
ފުޓްސަލްދަނޑު އެޅުމަށް ހަމަޖެހިފައިވަނީ ސްޕޯޓްސް އެރީނާގެ ސަރަޙައްދުގައެވެ. މިސަރަޙައްދުގައިވާ ރުއްގަހުގައި 1 އިން 28 އަށް ނަންބަރު ޖަހާފައިވާނެއެވެ.
ވީމާ، މިރުއްތަކާއި ގަސްތަކުގެ ވެރިން އެ ރުއްގަހުގައި ޖަހާފައިވާ ނަންބަރާއި މިލްކު ސާބިތުކުރިކުރި ފަތުގެ އަޞްލާއިއެކު 31 މާރޗް 2019 ދުވަހުގެ 10:00 ގެ ކުރިން ހުށަހެޅުމަށް ދަންނަވަމެވެ.
މިކަމާގުޅޭ ގޮތުން އިތުރަށް ސާފުކުރުމަށް ބޭނުންވާ މަޢްލޫމާތެއްވާނަމަ ރައީސް ޤާސިމް ޙުސައިން (މޮބައިލް ނަންބަރު: 7750001 ) އާއި ބައްދަލު ކުރެއްވުން އެދެމެވެ.