މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ރާއްޖޭގެ އިމާރާތް ކުރުމުގެ ޞިނާޢަތަށް ލިބުނު ގެއްލުމާބެހޭ

2011 ވަނަ އަހަރުގެ އެޕްރީލްމަހުގެ ތެރޭގައި ޑޮލަރުގެ އަގަށް ގެނެވުނު ބަދަލާ ގުޅިގެން ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލިގެންދިއުމާއި އަދި 2013 ވަނައަހަރުގެ ތެރޭގައި ރާއްޖެއިން ހިލައާއި ހިލަވެލި ލިބުން ދަތިވުމުގެ ސަބަބުން އިމާރާތްކުރާ ފަރާތްތަކަށް ވަނީ ނުހަނު ބޮޑު ގެއްލުމާ ކުރިމަތިލާން ޖެހިފައެވެ.

ދިވެހިރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ބެލެނިވެރި ފަރާތަކީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރެވެ. އެހެންކަމުން، މިމިނިސްޓްރީން މިމައްސަލަ ދިރާސާކޮށް ބެލި ބެލުމުން ފާހަގަކުރެވިފައިވަނީ، އިމާރާތްކުރުމުގެ ޞިނާޢަތަށް މިވަގުތު ލިބިފައިވާ ގެއްލުންތަކުގެ ސަބަބުން މިމަސައްކަތް ކުރާ ފަރާތްތައް ވެއްޓިފައިވާ އަދަވަޅުން ސަލާމަތްކުރުމަށްޓަކައި ސަރުކާރުން އެފަރާތްތަކާ ހަވާލުކޮށްފައިވާ މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކޮންމެވެސް ލުއިތަކެއް ދޭންޖެހޭކަމަށެވެ. މިގޮތުން ސަރުކާރުގެ މަޝްރޫޢުތައް ކުރިއަށް ގެންދަވާ ފަރާތްތަކާމެދު ތިރީގައިވާ ގޮތުގެމަތީން ޢަމަލުކުރުމަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.

  1. 2011 ގެ ފަހުން ހަވާލުކޮށްފައިވާ މަޝްރޫޢުތަކުގެ ތެރެއިން މިހާރު ނުނިމިހުރި މަޝްރޫޢުތަކުގެ މުއްދަތު 31 ޖަނަވަރީ 2014 ގެ ނިޔަލަށް އިތުރުކުރުން
  2. މިހާރު މުއްދަތު ހަމަވެފައިވާ މަޝްރޫޢުތަކަށް 1 ފެބުރުވަރީ 2014 އިން ފެށިގެން ދެފަރާތް އެއްބަސްވާ (އެކަށީގެންވާ) އައު ވާރކްޝެޑިއުލެއް ހުށަހަޅައިގެން އެގްރީމަންޓާ އެއްގޮތަށް ކުރިއަށްގެންދިއުން
  3. 2ވަނަ ނަންބަރުގައި ބުނެފައިވާ ގޮތުގެ މަތީން 1 ފެބުރުވަރީ 2014 ގައި ހުށަހަޅާ ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދާނަމަ އެގްރީމަންޓުގައިވާގޮތަށް ޢަމަލުކުރުން
  4. މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ ޕާފޯމަންސް ބޭންކް ގެރެންޓީގެ ގޮތުގައި ނުނިމިހުރި މަސައްކަތްތަކުގެ ޖުމުލަ އަގުގެ %5 ގެރެންޓީގެ ގޮތުގައި ހުށަހެޅުން

22 ރަބީޢުލްއައްވަލް 1435

23 ޖަނަވަރީ 2014
ހޯދާ