މާލެއަތޮޅު ތުލުސްދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު

މާލެ އަތޮޅު ކާށިދޫ މެޖިސްޓްރޭޓް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ކޯޓުހިންގާ ޢިމާރާތަށް ބައެއް ބަދަލު ގެނައުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއްބޭނުންވެއްޖެ.

 

މާލެ އަތޮޅު ކާށިދޫ މެޖިސްޓްރޭޓް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ކޯޓުހިންގާ ޢިމާރާތަށް ބައެއް ބަދަލު ގެނައުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 27 މާރޗް 2019 ވާ ބުދަ ދުވަހުގެ 12:15 އަށް މަޢުލޫމާތު ސާފުކުރުމަށް ކ.ތުލުސްދޫ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ކ.ކާށިދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްއެދެމެވެ.

އަދި ތިރީގައިވާ ގޮތުގެ މަތިން ކ.ތުލުސްދޫ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ކ.ކާށިދޫ މެޖިސްޓްރޭޓް ކޯޓަށް އަންދާސީ ހިސާބް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

އަންދާސީ ހިސާބް ހުށަހަޅާ ތާރީޙް: 07 އޭޕްރީލް 2019

އަންދާސީ ހިސާބް ހުށަހަޅާ ގަޑި: 13:00

އަންދާސީ ހިސާބު ހުށަހަޅަންޖެހޭތަން: ކ.ތުލުސްދޫ މެޖިސްޓްރޭޓް ކޯޓް ނުވަތަ ކ.ކާށިދޫ މެޖިސްޓްރޭޓް ކޯޓް

އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އެސްޓިމޭޓް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކޯޓުގެ 6640338/6640343 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

 

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

H4C-A/2019/03

19 މާރިޗު 2019
ހޯދާ