މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސްކިލްޑް ވޯރކަރ

ވަޒީފާގެ ފުރުޞަތު

 

މިކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު:

 ސްކިލްޑް ވޯރކަރ

ބޭނުންވާ ޢަދަދު

 1

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް ( 1 އަހަރު ދުވަހަށް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 މިފްކޯ މަސްފިހާރަ/މާލެ

މުސާރަ:

 -/3400 ރުފިޔާ

އިތުރު ޢިނާޔަތްތައް:

ސާރވިސް އެލަވަންސް:  މުސާރައިގެ %60

ހާރޑްޝިޕް: މުސާރައިގެ %33

ފުޑް އެލަވަންސް: ދުވާލަކަށް 60 ރުފިޔާ

އިތުރު ގަޑީގައި ނުވަތަ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން ފައިސާ ލިބޭނެއެވެ.                                      

މަސައްކަތު ގަޑި

   ހެދުނު 08:00 އިން 16:00 އަށް،                              

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

- ކައުންޓަރުތަކުގައި ތިބޭ ކޭޝިއަރުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ކިރައިގެން ވިއްކާ މުދާ ކިރައިދިނުމާއި އެހެނިހެން އެހީތެރިކަން ފޯރުކޮށް ދިނުން.

- ކިރައިގެން ވިއްކާ މުދާ ރަނގަޅު ކޯޑުގައި ކިރުން އަދި ކޭޝިއަރަށް ރަނގަޅު މައުލުމާތު ދިނުން.

- ކަސްޓަމަރުންގެ ޝަކުވާތައް ބަލައިގަނެ އެކަންތައް ޙައްލު ކޮށް ދިނުން ނުވަތަ ޙައްލު ކުރެވޭނެ މަގުފަހިކޮށްދިނުން.

- ފިހާރަތެރޭގެ ސާފްތާހިރުކަން ހިފެހެއްޓުމަށް މަސައްކަތް ކުރުމާއި ފިހާރަތެރެ މޮނިޓަރކޮށް ބެލެހެއްޓުން.

ޝަރުޠު:

 

- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން  ސާބިތު  ކޮށްދިނުމާއިއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހެއްކަމުގައިވުން.

- މަޤާމާއި ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވުން.

 

ނޯޓް: - މަތީގައިވާ މަޤާމުގެެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުތުހަމަވާ ފަރާތްތަކަށެވެ.     

މަތީގައި ދެންނެވިފައިވާ މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 މާރިޗް 2019 ވާ ބްރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފް ކޮޕީ(އަސްލާއެއްގޮތް ކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީސް ތައްގަނޑު ޖަހާފައިވާ އަސްލު) އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއެކު) އާއި ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭގޮތުގެ ލިޔުމެއް. އަދި ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ތަކުގެ ކޮޕީ ( އެކްރެޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލާއެކު)  ވަޒީފާއަށް އެދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް އަށް ސިޓީއަކުން ހުށަހެޅުއްވުމަށް ދެންނެވީމެވެ. އީމެއިލް ކުރައްވާނަމަ reception@mifco.com.mv އަށް އީމެއިލް ކުރެވުމަށް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް  3323932އެކްސްޓެންޝަން 300 އަށް ގުޅުއްވުން އެދެމެވެ.

 

 

            19 މާރިޗް 2019  

19 މާރިޗު 2019
ހޯދާ