އިޢުލާނު
|
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
މަޤާމް:
|
J-230903
|
މަޤާމުގެ ނަންބަރު:
|
01
|
ބޭނުންވާ އަދަދު:
|
ދާއިމީ
|
މަޤާމުގެ ގިންތި:
|
އެމް.އެސް. 2
|
މަޤާމުގެ ރޭންކް:
|
ސީނިއަރ އޮފިސަރ ގްރޭޑް 2
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ކޯޕަރޭޓް އެފެއާޒް
|
ސެކްޝަން:
|
ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
|
މަޤާމް އޮތް އޮފީސް:
|
ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ / ފ.ފީއަލި
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
މަހަކު 6295.00 ރުފިޔާ
|
މުސާރަ:
|
މަހަކު 2000.00 ރުފިޔާ
|
ސަރވިސް އެލެވަންސް:
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
- ސަޕޯޓިންގ ކޯ އެލަވަންސް : މަހަކު -/900 ރުފިޔާ ( ނުވަ ސަތޭކަ ރުފިޔާ )
|
އެހެނިހެން އެލަވަންސް:
|
- ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާއިބެހޭ ޤާނޫނުގައި ބުނެފައިވާ ކޯޕަރޭޓް އެފެއާރޒާއި ގުޅުންހުރި ރިޕޯޓްތައް ( އަހަރީ ރިޕޯޓް އަދި ހަމަސް ދުވަހުގެ ރިޕޯޓް ) ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
- ރަށުކައުންސިލްއިދާރާއާއި، އިދާރާގެ ބެލުމުގެ ދަށުގައިވާ ސިވިލް ސާރވިސް މުވައްޒަފުންގެ ތެރެއިން މިސްކިތު އިމާމުންގެ އެންމެހައިކަންކަން ބެލެހެއްޓުން.
- ރަށުގައި ޞުލްހަވެރި އަދި އަމާން ވެށްޓެއް ޤާއިމްކުރުމަށްޓަކައި، ކައުންސިލާއި ގުޅިގެން ފުލުހުން ހިންގާ އެންމެހައި ކަންކަމުގެ ރިޕޯޓްލިޔެ ރިކޯޑްތައް ބެލެހެއްޓުން.
- ދިމާވާ ކުއްލި ނުރައްކަލުގެ ޙާލަތްތަކާއި، ކާރިޡާތަކާގުޅިގެން އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.
- ދިވެހިރާއްޖޭގެ ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތިން އިޖްތިމާއީ ރައްކާތެރިކަމުގެ ޙިދުމަތް ދޭނެ މަރުކަޒުތައް ބެލެހެއްޓުމާއި، ގެވެށި އަނިޔާތަކާ ގުޅިގެން ހުށަހަޅާ ޝަކުވާތަކުގެ ރެކޯޑްތައް ފުރިހަމަކޮށް ބެލެހެއްޓުން.
- ކައުންސިލް އިދާރާއިންދޭ އެކިއެކި ޙިދުމަތްތައް ހޯދުމަށް އެދޭ ފޯމްތަކުގެ ހާޑްކޮޕީ ކައުންޓަރުން ލިބޭނެ އިންތިޒާމް ހަމަޖެއްސުން.
- ރަށު ކައުންސިލްއިދާރާގެ ޓްރެއިނިންގ ރިކްއާމަންޓް ތައްޔާރުކޮށް ބެލެހެއްޓުމާއި، މުވައްޒަފުންގެ ޓްރެއިނިންގ ކަންކަން ބެލެހެއްޓުން.
- ބައްދަލުވުންތަކާއި ކޮންފަރެންސުތައް އިންތިޒާމްކޮށް ބެލެހެއްޓުން.
- ރަށުގެ ޢާއްމު ޙާލަތާބެހޭ އެންމެހައި މައުލޫމާތު ( ވާރޭފެން ނަގައި ރައްކާކުރަމުންދާގޮތް، ކެއުމާއި ބުއިމުގެ ކަންކަން ހަމަޖެހިފައިވާގޮތް، ގޯތިގެދޮރުގެ ހާލަތު، އާމްދަނީ ހޯދުމަށް ކުރާ މަސައްކަތާ ބެހޭ މައުލޫމާތު ) އެއްކޮށް ރިކޯޑްތައް ލިޔެ ބެލެހެއްޓުން.
- ލިޔަންކިޔަން ނޭނގޭ އެންމެހާ ފަރާތްތަކުގެ މައުލޫމާތު އެއްކޮށް ދަފްތަރުކޮށް ބެލެހެއްޓުން.
- އައި.ޓީއާއި ގުޅޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން.
- އަލިފާނުގެ ހާދިސާތަކާއި، ޤުދުރަތީ ކާރިޡާތަކައި ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން
- އާސާރީތަންތަން ބެލެހެއްޓުމާއި، ޡަޤާފީކަންކަން ދިރުވާ އާލާކުރުމަށް ކައުންސިލުން ރާވާ ހިންގާ ހުރިހާ ހަރަކާތްތަކުގެ މަޢުލޫމާތު ބެލެހެއްޓުން.
- ހަމަޖެހިފައިވާ އުސޫލުން އިދާރާ ހުޅުވާ ލެއްޕުން
- ކައުންސިލް އިދާރާއަށް ހުށަހެޅޭ ޢާއްމު ޝަކުވާތަކުގެ ތެރެއިން ޔުނިޓާއި ގުޅުންހުރި ޝަކުވާތަކުގެ ރިކޯޑްތައް ބެލެހެއްޓުން.
- މަތީގައިވާ ކަންކަމުގެ އިތުރުން ކައުންސިލުން ކަނޑައަޅާ އެހެނިހެން މަސައްކަތްތައް ކުރުން.
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮގަކުން ( ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮގަކުން ( ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
|
މަޤާމުގެ ޝަރުޠުތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( މި ފޯމު ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާގެ ކައުންޓަރުން، އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv ލިބެންހުންނާނެއެވެ. )
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި ޤަބޫލް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓްތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ؛
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- މަޤާމުގެ މަސައްކަތާއި ގުޅޭދާއިރާއިން ލިބިފައިވާ ތަޢުލީމް. ( ކަނޑައެޅިފައިވާ އިންސައްތަ %35 )
- މަޤާމުގެ މަސައްކަތާއި ގުޅޭދާއިރާއަކުން ލިބިފައިވާ ކުރުމުއްދަތުގެ ތަމްރީން. ( ކަނޑައެޅިފައިވާ އިންސައްތަ %5 )
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން. ( ކަނޑައެޅިފައިވާ އިންސައްތަ %5 )
- މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ. ( ކަނޑައެޅިފައިވާ އިންސައްތަ )
- ލިބިފައިވާ ހުނަރު – އިންޓަރވިއު / ޕްރެކްޓިކަލްސް. ( ކަނޑައެޅިފައިވާ އިންސައްތަ %40 )
ނޯޓް: މަޤާމަށް އައްޔަންކުރުމަށް ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %45 ( ސާޅިސް ފަހެއް ) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 އޭޕްރިލް 2 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް [email protected] އަދި ފެކްސް 6740594 މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދުދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 އޭޕްރިލް 3 އާއި 2019 އޭޕްރިލް 8 އާ ދެމެދު، ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
ޝޯޓް ލިސްޓްކުރުން:
|