ދިވެހިރާއްޖެ
އިޢުލާނު
ދިވެހިބަހުގެ ގަވާއިދުގެ ބައިތަކުގެ ތެރެއިން "އަކުރު" އާ ބެހޭ ދިރާސާކުރަން އާންމުކޮށް ހުޅުވައިލުން
ދިވެހިބަހުގެ ގަވާއިދުގެ ބައިތަކުގެ ތެރެއިން "އަކުރު" އާ ބެހޭ ގޮތުން ޢިލްމީ ދިރާސާއެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް މި އެކެޑަމީން 28 އޮގަސްޓް 2017ވަނަ ދުވަހު ( IUL)430-DBA-B/1/2017/15) މި ނަންބަރު ދަށުން ކުރިން އިޢުލާނު ބާޠިލު ކުރުމާއި އެކު މި ދިރާސާ ކުރާނެ ފަރާތެއް ހޯދުމަށް އަލުން ޢިއުލާން ކުރަމެވެ. މި ދިރާސާގެ މައިގަނޑު ބޭނުމަކީ ދިވެހިބަހުގެ އެކަޑަމީން މިހާރު އާންމުކޮށްފައިވާ ދިވެހިބަހުގެ ލަފުޒު ވަކިކުރުމުގެ ގަވާއިދު މުރާޖާކޮށް އަލުން އެކަށަ އެޅުމުގައި ދިވެހިބަހުގެ ގަވާއިދުގެ ތެރެއިން އަކުރު އަދާކުރާ ދައުރަކީ ކޮބައިކަން ބަލައި ހޯދުމެވެ.
މި ދިރާސާއާ ގުޅޭ މަޢުލޫމާތު ދިނުން 2019 މާރިޗު 27 ވާ ބުދަ ދުވަހުގެ 12:30 ގައި މި އެކެޑަމީގައި އޮންނާނެއެވެ.
ވީމާ މި ދިރާސާ ކުރާން ޝައުގުވެރިވާ ފަރާތްތަކުން މި ދިރާސާއާ ބެހޭ މަޢުލޫމާތު ސާފުކުރުމަށް ޓަކައި ކަނޑައެޅިފައިވާ ގަޑިއަށް ހާޒިރުވުން އެދެމެވެ. މި ދިރާސާއަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފުކުރަން އަންނަ ފަރާތްތަކަށް އެކަންޏެވެ.