އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާލޭސިޓީގެ ރައްޔިތުން ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ 4 ވޯޓު ފޮށްޓެއްގެ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ތަނަށް ގެނެވުނު ބަދަލު

ނަންބަރު: A)CA-2019/126)

އިޢުލާން

06 އެޕްރީލު 2019 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ރަށްވެހިވެފައިވާ ރަށްނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކޮށްފައިވާ އަދަދަށް ބެލުމަށްފަހު، މާލޭސިޓީގެ ރައްޔިތުން ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ 4 ވޯޓު ފޮށްޓެއްގެ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ތަނަށް ބަދަލު ގެނެވިފައިވާތީ، އެ ވޯޓު ފޮށިތަކުގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުފޮށީގެ ކޯޑާއި، ވޯޓުލާ ސަރަޙައްދާއި، ވޯޓުފޮށި ބަހައްޓާ ރަށާއި ތަން މި ދަންނަވަނީއެވެ.

ވޯޓުފޮށި ބަހައްޓާ ރަށް/ތަން

ވޯޓުލާ ސަރަހައްދު

ވޯޓުފޮށީގެ ނަން

ވޯޓުފޮށީގެ ކޯޑު

ވޯޓުފޮށީގެ ނަންބަރު

މާލެ،

ގަލޮޅު ސްކޫލް،   ރުއްކެނޑިޔާ ހިނގުމުން ވަންނައިރު އުތުރުފަރާތު 1 ނަންބަރު ކްލާސްރޫމް ތެރޭގައި 

މި ފޮށްޓަށް ވޯޓުލާނީ ފެންމީރު ހިނގުމާއި ދޮންއަދަރާދަ ހިނގުމާއި ގުޅޭ ނުކުތާއިން، ދޮންއަދަރާދަ ހިނގުމުން އުތުރަށް، އަމީނީމަގުން ހުޅަނގަށް، ރެހެންދި ހިނގުމުން އުތުރަށް، ބުރުޒުމަގުން އިރަށް، ރާދަފަތިހިނގުމުން އުތުރަށް، ލޮނުޒިޔާރަތްމަގުން އިރަށް، ދޮންއަދަރާދަހިނގުމުން ދެކުނަށް، ބުރުޒުމަގުން އިރަށް، ކަށިމާހިނގުމުން ދެކުނަށް، ފެންމީރުހިނގުމުން ހުޅަނގަށް ގޮސް ދޮންއަދަރާދަހިނގުމާއި ގުޅޭ ނުކުތާއިން ވަށާލެވޭ ސަރަހައްދުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ގަލޮޅުދެކުނު-3

T06.1.3  

171

މާލެ،

އިމާދުއްދީން ސްކޫލް، މިއުޒިކީ ހިނގުމުން 3 ނަންބަރު ގޭޓުން ވަދެގެން ދާއިރު އުތުރު ފަރާތު ކުލާސްރޫމް (10S2) ގައި

މި ފޮށްޓަށް ވޯޓުލާނީ ބޮޑުތަކުރުފާނުމަގާއި ދޮންއަދަރާދަ ހިނގުމާއި ގުޅޭ ނުކުތާއިން، ދޮންއަދަރާދަ ހިނގުމުން އުތުރަށް، އަމީނީމަގުން ހުޅަނގަށް، ރެހެންދިހިނގުމުން އުތުރަށް، ބުރުޒުމަގުން އިރަށް، ރާދަފަތިހިނގުމުން އުތުރަށް، ލޮނުޒިޔާރަތްމަގުން ހުޅަނގަށް، ރެހެންދި ހިނގުމުން އުތުރަށް، ބޮޑުރަސްގެފާނުމަގުން ހުޅަނގަށް، ރަށްދެބައިމަގުން ދެކުނަށް، ޖަމާލުއްދީން ހިނގުމުން ހުޅަނގަށް، ރަށްދެބައި ހިނގުމުން ދެކުނަށް، ބޮޑުތަކުރުފާނުމަގުން އިރަށް ގޮސް، ދޮންއަދަރާދަ ހިނގުމާއި ގުޅޭ ނުކުތާއިން ވަށާލެވޭ ސަރަހައްދުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ  މީހުންނެވެ.

ގަލޮޅުދެކުނު-4

T06.1.4  

172

މާލެ،

ކެންގަރޫ ކިޑްސް ޕްރީސްކޫލް (ކުރީގެ އަމީރު އަޙްމަދު)،
ޕްލޭސްކޫލް 4 ގައި

މި ފޮށްޓަށް ވޯޓުލާނީ ބޮޑުތަކުރުފާނުމަގާއި ހިތިގަސްމަގާއި ގުޅޭ ނުކުތާއިން ހިތިގަސްމަގުން ހުޅަނގަށް، ރަތްވިލާ ހިނގުމުން އުތުރަށް، ރަތްވިލާ މަގުން ހުޅަނގަށް، ޖަނަވަރީ މަގުން އުތުރަށް، ވައިޖެހޭ މަގުން އިރަށް، ވައިޖެހޭ މަގުން އުތުރަށް، މަޖީދީ މަގުން އިރަށް، ފިލިގަސް ހިނގުމުން އުތުރަށް، އަބަދަށް އުފާ ހިނގުމުން އިރަށް، ބޮޑުތަކުރުފާނު މަގުން ދެކުނަށް ގޮސް ފިލިގަސް މަގާ ގުޅޭނުކުތާއިން ވަށާލެވޭ ސަރަހައްދުތަކުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

މެދުހެންވޭރު-2

T02.1.2  

155

މާލެ،

ކެންގަރޫ ކިޑްސް ޕްރީސްކޫލް (ކުރީގެ އަމީރު އަޙްމަދު)،
ނަރސަރީ 2 ގައި

މި ފޮށްޓަށް ވޯޓުލާނީ ސޯސަންމަގާއި މަޖީދީމަގާއި ގުޅޭ ނުކުތާއިން، ސޯސަންމަގުން ދެކުނަށް، ރަތްވިލާމަގުން އިރަށް، ޖަނަވަރީމަގުން ދެކުނަށް، ހިތިގަސްމަގުން އިރަށް، ރަތްވިލާ ހިނގުމުން އުތުރަށް، ރަތްވިލާ މަގުން ހުޅަނގަށް، ޖަނަވަރީ މަގުން އުތުރަށް، މަޖީދީމަގުން ހުޅަނގަށް ގޮސް ސޯސަންމަގާއި ގުޅޭ ނުކުތާއިން ވަށާލެވޭ ސަރަހައްދުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި މެދުހެންވޭރު ދާއިރާއަށްނިސްބަތްވާ ދަފްތަރު ރަޖިސްޓަރީގައިވާ މީހުންނެވެ.

މެދުހެންވޭރު-3

T02.1.3  

156

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.
11 ރަޖަބް 1440
18 މާރިޗު 2019
ހޯދާ